English Edition
Dhivehi Edition

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބ. އޭދަފުއްޓަށް އެތެރެކުރި މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިތަކެތި ހޯދާފައިވަނީ މާލޭން އޭދަފުއްޓަށް އައި ލޯންޗަކުން ގެނެސްފައިވާ ފޮށިގަނޑެއް ހަވާލުވާނެ މީހަކުނެތި ހުރިކަމުގެ މަޢުލޫމާތު އޭޕްރީލް 9ވަނަ ދުވަހު އޭދަފުށި ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން ނެވެ. މި ފޮށިގަނޑު ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު 3 ރަބަރުޕެކެޓާއި ކުޑަ ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެވެ.

މިމައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.