English Edition
Dhivehi Edition

ރާއްޖެއަށް ޗައިނާއިން ނުފޫޒު ފޯރުވާ ކަމަށް ދައްކަމުންދާ ވާހަކަތަކަކީ އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުން ވެސް ކަންބޮޑުވާ ކަމެއް ކަމަށް އެ ގައުމުން ބުނެފިއެވެ

ޕްރެސް ޓްރަސްޓް އިންޑިއާ (ޕީޓީއައި)އަށް ދެއްވި އިންޓަވިއުއެއްގައި ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްޓް އޭޝިއާ ޖޯ ފެލްޓާ ވިދާޅުވީ ކަންބޮޑުވާ ކަންތައްތައްތަކެއް ރާއްޖޭގައި ހިނގަމުންދާތަން ފެންނަކަމަށާއި އެކަންކަމާއި ކަންބޮޑުވާ މިންވަރަށް ޗައިނާގެ ނުފޫޒު ރާއްޖެއަށް ބޮޑުވުމަކީ އިންޑިއާއެކޭ އެއްފަދައިން އެމެރިކާއިންވެސް ކަންބޮޑުވާ މައްސަލައެއްކަމަށެވެ

މީގެ އިތުރުން ފެލްޓާ ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ބެކްޔާޑްކަމަށާއި މިހާރު މި ހިނގާ ކަންތަކުގެ ސަބަބުން އިންޑިއާއިން ކަންބޮޑުވާނެކަން އެނގޭކަމަށެވެ. އަދި މި ކަންތައް ވާގޮތް އެމެރިކާއިންވެސް ބަލަމުންދާކަމަށާއި އެއީ އެމިރިކާގެ ޑިފެންސް ސްޓްރެޓެޖީގައިވެސް ހިމެނޭ ކަމެއް ކަމަށެވެ. އަދި އުސޫލުތަކަށް ތަބާވާ އަދި ހުޅުވާލާފައިވާ މިނިވަން ތަނެއްގެ ގޮތުގައި އިންޑިއާ ކަނޑާއި ޕެސިފިކް ކަނޑުގެ ސަރަހައްދު އޮންނަން އެމެރިކާއިން އެދޭކަމަށް އޭނާ ވިދާޅުވިއެވެ

ފެލްޓާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ޗައިނާއިން ރާއްޖޭގެ ބިންތައް އަތުލަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅުވައިގެން ސުވާލުކުރުމުންނެވެ