English Edition
Dhivehi Edition

މަގުމަތީގައި ކޯޓު ހެދީ އެތައް ބަޔަކު ވެގެން ކަމަށާއި ނަމަވެސް އެކަމުގެ އިލްޒާމް އެންމެ ފަހުވަގުތު އެޅުވީ އޭނާގެ ބޮލުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މުސާ މަނިކު ވިދާޅުވެއްޖެއެވެ

ރޭ ލ.ގަމުގައި ‘ މިތިބޫ ރައީސް ޔާމީނާއެކު’ ނަމުގައި ބޭއްވި ޖަލްސާގައި ރީކޯ ވިދާޅުވީ މަގުމަތީގައި ކޯޓް ހެދިކަމަށް ބުނެ އިލްޒާމް އަޅުވާއިރު އެއީ އެތައް ބަޔަކު ވެގެން ކުޅުނު “އިސްތިހާރެއް” ކަމަށެވެ.މީގެ އިތުރުން ރީކޯ ވިދާޅުވީ ރައްޔިތުންގެ ކޯޓުގެ ނަމުގައި ކޯޓެއް ހެދި މައްސަލައެއް ފުލުހުން 2012 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ތަހުގީގުކޮށްފައިވާ ކަމަށާއި ކޯޓުތަކުގެ ހުރުމަތް ކަނޑާލެއްވި ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރައްވާފައިވާކަމަށެވެ

މީގެ އިތުރުން ރީކޯ ވިދާޅުވީ މިވީހާ ޒަމާނުވަންދެން އިދިކޮޅުންވެސް ގޮވީ ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް ކަމަށެވެ. އަދި އޭރު ފަނޑިޔާރުގޭގެ ހަލަތާ ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކައިގެ ހަގީގަތް މިހާރު ރަނގަޅަށް އެނގިވަޑައި ގަންނަވާނެކަމަށް ރީކޯ ވިދާޅުވިއެވެ.