ތުރުކީގެ އިސްތަމްބޫލް އަވަށުގެ ހޮސްޕިޓަލެއް ކަމަށްވާ ޓަކްސިމް ފަސްޓްއެއިޑް ހޮސްޕިޓަލްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
އަލިފާނާއި އެކު ކަޅު ދުން ހޮސްޕިޓަލުގެ ފަންގިފިލާތަކުން ފެންނަމުންދާ މަންޒަރު މީޑިޔާތަކުން ދައްކަމުން ދިޔުމުގެ އިތުރުން ފެންނަ ގިނަ ފޮޓޯތަކުން އަލިފާން ފެތުރެންދާ ކަން ފާހަގަ ކުރެވިފައިވެއެވެ. އަދި މީޑިޔާތަކުން ދައްކަމުން ދާމަންޒަރު ތަކުން ފެންނަ ގޮތުގައި ގިނަ އަދަދެއްގެ އެމްބިއުލާންސްތައް ހޮސްޕިޓަލް ކައިރިއަށް އެއްވަމުން އެބަދެއެވެ.
ހޮސްޕިޓަލުގައި ތިބި މީހުންތައް އެތަނުން ބޭރަށް ނެރުމުގެ މަސައްކަތް ކަމާއިބެހޭ ފަރާތްތަކުން ވަނީ ފަށާފައެވެ. އަދި މިހާތަނަށް ހޮސްޕިޓަލްގައި ތިބި މީހުންގެ އަދަދެއް އަދި ބަޔަކަށް އަނިޔާވި ކަމުގެ އެއްވެސް ތަފްސީލެއް ލިބިފައި ނުވެއެވެ.