English Edition
Dhivehi Edition

ސަރަހައްދީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑު ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2018 އަށް ރާއްޖެއިން ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ކައިމޫ ހޮޓެލްސް ހަމަޖައްސައިފިއެވެ.

ހައިރައިޒުން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓުގެ ހޮސްޕިޓާލިޓީ ޕާޓްނަރަކަށް ކައިމޫ ހަމަޖެއްސުމާއެކު މިއަހަރުގެ ޖޫންމަހުގައި ކުރިއަށްދާ، ސަޓާއަށް ނޮމިނޭޓުވެފައިވާ ރާއްޖޭ ޕްރޮޕަޓީތަކުގެގެ އިވެލުއޭޝަން ކުރިއަށްދާނީ ކައިމޫގެ ޕްރޮޕަޓީތަކުގައެވެ.

ކައިމޫ ހޮޓެލްސްގެ ދަށުން ރާއްޖޭގައި ހިންގާ ޕްރޮޕަޓީތަކަކީ މާލޭގެ މޫކައި ހޮޓެލް، މޫކައި ސުއީޓްސް އަދި ކާމް ހޮޓަލުގެ އިތުރުން އެނބޫދޫ ވިލެޖު، ސަމަރ އައިލެންޑް މޯލްޑިވްސް އަދި އައްޑޫ ސިޓީގެ ގަމުގައި ހުންނަ އީކުއޭޓަރ ވިލެޖެވެ. އީކުއޭޓަރ ވިލެޖަކީ އެންމެ ފަހުން ސަޓާ އެވޯޑު ބޭއްވި ހޮޓެލްވެސް މެއެވެ.

ހައިރައިޒުން ބުނީ ސަޓާ އެވޯޑުގެ އިވެލުއޭޝަން ކުރިއަށް ދާނީ މާލެ، ކޮލަމްބޯ، ބެނަގަލޫރު، ނިއުދިއްލީ، ކަތުމަންޑޫ އަދި ޕޭރޫގައި ކަމަށެވެ.

ސަޓާއެވޯޑުގެ އޮންލައިން ވޯޓިން މާޗު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އަދި އޮންލައިން ވޯޓިންއަށްފަހު ޖޫން މަހާއި ޖުލައި މަހުގައި ހާއްސަ ޕެނަލް އަކުން ސަޓާ އެވޯޑުގެ އިވެލުއޭޝަން ކުރިއަށްގެންދާނެ ކަަމަށް ވެސް ހައިރައިޒުން ބުންނެވެ.

ސަޓާ އެވޯޑުގެ މިފަހަރު ފާހަގަކުރެވޭ އެއްކަމަކީ ޖަޖުންގެ ޕެނެލްގައި މުޅިން އަންހެން ޖަޖުން ހިމެނުމެވެ. މިއީ އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިފަހަރުގެ އިވެންޓަށް ގެނައި ބަދަލެއް ކަމަށް ހައިރައިޒުން ބުނެއެވެ.

 

މިއަހަރަކީ ސަޓާ އެވޯޑްސް ބާއްވާ ތިން ވަނަ އަހަރެވެ. މި އަހަރުގެ އެވޯޑްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހު އިންޑިއާގެ މުމްބާއީގައެވެ. މިއަހަރުގެ އެވޯޑަށް ނޮމިނޭޝަންސް ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު 500 އަށް ވުރެ ގިނަ ފަރާތްތަކުން އެވޯޑަށް ނޮމިނޭޝަން ވަނީ ހުށަހަޅާފައެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި މޭޖަރ އޯގަނައިޒޭޝަންސް ހިމެނޭކަމަށް ވެސް އިއްސެ ވިދާޅުވިއެވެ.

މީގެ ތެރޭގައި ހޮޓޭލްސް އެންޑް ރެސްޓޯރެންޓްސް އޮފް ބޫޓާން( އެޗްއާރުއޭބީ) ، އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ، ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ، ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް، ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)، ލިވްއަބޯޑު އެސޯސިއޭޝަން އޮފް . ،މޯލްޑިވްސް، އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ .މޯލްޑިވްސް މާކެޓިން .އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ).ނޭޕާލް ޓޫރިޒަމް ބޯޑު، އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް، ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް، އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް ހިމެނެއެވެ.