English Edition
Dhivehi Edition

އައްޑޫ ސިޓީގައި އޮސްޓްރޭލިއާގެ މަޝްހޫރު “ގްލޯރިއާ ޖީންސް ކޮފީ” ގެ އައުޓްލެޓެއް ހުޅުވާ ޚަބަރު ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ރޭ މާލޭގެ ރަސްފަންނުގައި، “ގްލޯރިއާ ޖީންސް ކޮފީ”ގެ ފްރެންޗައިސް ރެސްޓޯރެންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

“އަދި މިއަދު މި ލިބޭ އުފާވެރި ޚަބަރަކީ ގްލޯރިއާ ޖީންސް އައްޑޫ ސިޓީއަށް ވެސް ދާނެކަން، ކުޅުދުއްފުއްޓަށް ވެސް ދާނެކަން”. ރަސްފަންނު ފަވީލާގާއި ގްލޯރިއާ ޖީންސް ކޮފީ އައުޓްލެޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ އާބާދީ ބޮޑެތި ތަންތަނަށް އެކި ބްރޭންޑްތަކުގެ ފްރެންޗައިޒްތައް ގެންދިޔުމުގެ ޝައުގުވެރިކަން ދިވެހި ވިޔަފާރިވެރިންގެ އެބަހުރި ކަމަށެވެ.

މި ވިޔަފާރިއަށް ވެސް ތަމްރީން ކުރެވިފައިވާ 80 ޕަސެންޓް ދިވެހި ޒުވާނުން ނެރުއްވާނެކަމަށް މި ވިޔަފާރީގެ ވެރިން ވިދާޅުވެފައި ވާކަމަށް މިނިސްޓަރު ސައީދު ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންފާހަގަ ކުރެއްވިއެވެ.