English Edition
Dhivehi Edition

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސެލް ތެލުގެ އަގު ލީޓަރަކުން 20 ލާރި ބޮޑު ކޮށްފި އެވެ.

ބާޒާރުގައި ޑީސަލްގެ އަގު އުފުލިފައިވާ ކަމަށް ރޭ އެސްޓީއޯއިން ވަނީ ބުނެފައެވެ. އެހެން ކަމުން ރާއްޖޭގައި އެމީހުން ވިއްކާ ތެލުގެ އަގު ވެސް ބޮޑު ކުރަން ނިންމާފައިވާ ކަމަށާއި އެގޮތުން މިއަދުން ފެށިގެން ޑީސެލް ލީޓަރަކުން 20 ލާރި ބޮޑުވާނެ ކަމަށް ވަނީ ބުނެފައެވެ.

މިދިޔަ މަހު އެސްޓީއޯ އިން ޑީސެލްގެ އަގަށް ބަދަލު ގެނެސް އަގުހެޔޮ ކޮށްފައިވެއެވެ. އެގޮތުން ޑީސެލް ލީޓަރަކުން 20 ލާރި ވަނީ އަގު ހެޔޮ ކޮށްފައެވެ. ނަމަވެސް މި ފަހަރު އައި ބަދަލު އެ 20 ލާރި ވަނީ އިތުރު ކޮށްފައެވެ. އެހެން ކަމުން އެސްޓީއޯ އިން ވިއްކާ ޑީސެލް މިއަދު ފެށިގެން ލިބިގެން ދާނީ މި ދިޔަ މަހު އަގުހެޔޮ ނުކުރާ އިރު ލިބެމުންދިޔަ އަގަށެވެ.

މި ގެނެވުނު ބަދަލާއިއެކު ޑީސެލް ލީޓަރެއް ވިއްކާނީ 10.41 ރުފިޔާއަށް ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.