English Edition
Dhivehi Edition

ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓުތައް ހުޅުވާ ހިދުމަތް ދެވޭ ގަޑިތައް 24 ގަޑިއިރަށް ބަދަލުކުރަން ނިންމާ އެކަމަށް ހާޢްސަ އުސޫލެއް އެކުލަވާލަމުން ގެންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ޓީވީއެމްގައި ރޭ ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރުގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތަޢުފީޤް ވިދާޅުވީ އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ގެންދާކަމަށާއި ވަރަށް ހަރުދަނާ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރިޔަށްގެން ދާކަމުގައެވެ.

ތައުފީގް މި ބަދަލު ގެންނަން ނިންމާފައި ވާކަމަށް ވިދާޅުވީ މުދާއުފުލާ ގަޑިތަކަށް ބަދަލު ގެނައުމާއެކު، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވެސް ހާއްސަ ހުއްދައެއްގެ ދަށުން ކެފޭ ރެސްޓޯރަންޓްތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ދިނެވެ. ނަމަވެސް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު ވަނީ އެ އުސޫލު ބާތިލްކޮށް ފިހާތަރަށް 11:00 އަށް އަދި ކެފޭ ރެސްޓޯރެންޓް ތައް 12:00 އަށް ބަންދުކުރަން ޖެހޭގޮތަށް ހަމަޖައްސާފައެވެ.

ފިހާރަތަށް10 ޖަހާއިރު ބަންދުކުރާގޮތަށް އަދި ކެފޭ ރެސްޓޯރެންޓް 12 ޖަހާއިރު ބަންދު ކުރާގޮތަށް ނިންމީ 2015 ގައި މިހާރުގެ ސަރުކާރުންނެވެ.