English Edition
Dhivehi Edition

ސަންގު ޓީވީން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ދެއްކެވި ވާހަކަތަކެއް ލައިވްކޮށްފައިވާތީ އެއްލަކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފި އެވެ

ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ބަޔާނުގައި ބުނެފައި ވަނީ، 08 ޑިސެމްބަރު 2017 ގައި ސަންގު ޓީވީގެ ކޮންޓެންޓު ލައިވްކުރަމުން ދިޔައިރު، ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް މެމްބަރު މުސްތަފާ އަވަގުރާނަ ގޮވާފައިވާ ކަމަށެވެ. އަދި އެ ކޮންޓެންޓަކީ، އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ބްރޯޑްކާސްޓުކޮށްފައިވާ ކޮންޓެންޓެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުންވަނީ ބުނެފައެވެ. މީގެ އިތުރުން ބްރޯޑްކޮމް އިން ވަނީ މާފަށް އެދި ކޮންޓެންޓެއް އާންމު ކުރުމަށް ވެސް ސަންގު ޓީވީއަށް އަންގައިފަ އެވެ

މީގެ ކުރިން އެ ކޮންޓެންޓެއް ލައިވް ކުރި މައްސަލާގައި ވީޓީވީ ޖޫރިމަނާ ކޮށްފައި ވަނީ ހަތަރު ލައްކަ ރުފިޔާއިންނެވެ