ފެނަކަ ކޯޕަރޭޝަންގެ އެކްޓިން މެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު ލައްމާން ހަމަޖައްސައިފިއެވެ
ރައީސް އަބްދުﷲ ޔާމީން މި މަގާމަށް ލައްމާން ހަމަޖެއްސެވީ މިއަދުއެވެ. މީގެކުރިން ރެޑިއެންޓް ހީޓް ވޯޓަރސް ގައި މަސައްކަތް ކުރުމަށްފަހު, ފަހުން ލައްމާން މަސައްކަތް ކުރައްވާފައިވަނީ މިފްކޯ ގައެވެ
ޕީޕީއެމްގެ ކެމްޕެއިން ތަކުގައި އިސްވެ ހަރަކާތްތެރި ވަމުން އަންނަ ލައްމާން އަކީ ރައީސް ޔާމީން ވެރިކަމަށް ގެންނަން ވަރަށް އިސް ދައުރެއް އަދާކުރި ފަރާތެކެވެ.އަދި އަދި މިހާރު ވެސް ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކުގައި މުހިއްމު ދައުރެއް ލަމާން އަދާކުރެއެވެ
ފެނަކައިގެ އެމްޑީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ