English Edition
Dhivehi Edition

ބައިނަލް އަގުވާމީ ރަހްމަތްތެރި ކަމުގެ މެޗުގައި ރޭ ސައު ދީއަރަބިއްޔާ އާއި ބެލްޖިއަމް ބައްދަލުކުރި މެޗު ބެލްޖިއަމް ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށްފިއެވެ.

އެކުވެރި ކަމުގެ މެޗުގައި ރޭ މި ދެޓީމް ބައްދަލު ކުރި މެޗު ބެލްޖިއަމް އިން ކާމިޔާބު ކުރީ 4-0 ލަނޑުގެ ނަތީޖާއަކުންނެވެ.

މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ބެލްޖިއަމް ރޭ ކުޅުނު މިމެޗުގައި މޮޅު ކުޅުމެއް ދައްކައި މުޅި މމެޗު ކޮންޓުރޯލް ކޮށްފައިވާއިރު މިމެޗުގައި ބެލްޖިއަމް އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި އިނގިރޭސި ގަދަ ބާރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ރޮމެއޯ ލުކާކޫ ކާމިޔާބު ކުރި އިރު އެނާ ވަނީ ފުރަތަމަ 38 ވަނަ މިނެޓްގައި އިތުރު ލަނޑެއް ކާމިޔާބު ކޮށްދީ މެޗުގެ ނަތީޖާ 2-0 ލަނޑައަށް ބަދަލުކޮށްފައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފް ދެލަނޑުގެ ލީޑަކާއި އެކު ބެލްޖިއަމް އިން ނިންމާލި އިރު ދެވަނަ ހާފުގެ 77 ވަނަ މިނެޓް އަދި 78 ވަނަ މިނެޓްގައ ޑޯޓްމަންޓުގެ ކުޅުންތެރިޔާ މިޗީ ބަޓްޝުއާއީ އާއި މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ކެވިން ޑެބްރައިނާގެ ލަނޑުން ބެލްޖިއަމް ވަނީ މެޗުގެ ފަރަގު ބޮޑުކޮށްފައެވެ.