ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ރޭ ވަރުގަދަ ސްކޮޑަކާއި އެކު މެޗާއި ކުރި މަތިލި ފްރާންސްގެ މައްޗަށް ކޮލަމްބިއާއިން އިން ކުރި ހޯދި އިރު އިންގުލޭންޑް އިން ހަނި ގޮތަކަށް ނެދަލޭންޑް ބަލިކޮށްފިއެވެ.
ޔޫރަޕުގައި އަދި ދުނިޔޭގައި ވެސް މި ވަގުތު އެންމެ ވަރުގަދަ ސްކޮޑެއް އޮތް ފުރާންސްގެ މައްޗަށް ކޮލަންބިޔާ އިން ކުރި ހޯދާފައިވަނީ އެ ޓީމް ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ތިން ލަނޑު ޖަހައި ގެންނެނެވެ. ރޭ އަމިއްލަ ދަނޑުގައި ފުރާންސް ބަލިވި މެޗުގެ 11 ވަނަ މިނެޓުގައި ޗެލްސީގެ އޮލިވާ ޖިރޯގެ ލަނޑުން ފްރާންސް ލީޑު ނަގާފައިވާއިރު ފްރާންސްގެ ދެ ވަނަ ގޯލް 26 ވަނަ މިނެޓުގައި ޖެހީ ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ތޯމަސް ލޭމާ އެވެ.
ފްރާންސް އިން ރޭގެ މެޗުގައި ލީޑު ނެގިތާ ދެމިނެޓް ފަހުން ފަހުން ކޮލަމްބިއާގެ ފުރަތަމަ ލަނޑު ލުއިސް މުރިއެލް ކާމިޔާބުކޮށްދިން އިރު އެ ޓީމަށް އެއްވަރުކޮށްދިނީ 62 ވަނަ މިނެޓުގައި ރަޑަމެލް ފަލްކާއޯ އެވެ. އަދި މެޗުން ކޮލަންބިޔާ މޮޅުވި ލަނޑު މެޗުގެ ފަހު ފަސް މިނެޓް ތެރޭގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދީފައިވަނީ ހުއާން ފެނާންޑޯ ކުއިންޓެރޯއެވެ.
އިންގްލޭންޑް ރޭ މޮޅުވީ ރަށުން ބޭރުގައި ނެދަލޭންޑްސް އާއި ބައްދަލުކޮށް 0-1 އިންނެވެ. އިންގްލޭންޑްގެ ފަރާތުން ރަނގަޅު ކުޅުމެއް މި މެޗުގައި ފެނިގެންދިޔައިރު އެޓީމުގެ ހަމައެކަނި ގޯލު މެޗުގެ 59 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ލިންގާޑްއެވެ. މިއީ އިންގްލޭންޑްގެ ގައުމީ ޓީމަށް ލިންގާޑް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ