English Edition
Dhivehi Edition

ހައްޔަރުކުރި ރާއްޖެ ޓީވީގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމް އާއި އާމިރު ސަލީމް ދޫކޮށްލައިފިއެވެ.

އާމިރާއި ވިސާމް ދޫކޮށްލީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން އިތުރަށް އެ ދެ މީހުން ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް އަމުރު ކުރުމުންނެވެ.

މިދެނޫސްވެރިން ހައްޔަރުކުރީ ސަރުކާރު ވައްޓާލާނެ ކަމަށް އިންޒާރުދީ ފުލުހުންގެ ޔުނިފޯމު އަޅައިގެން ތިބި ބައެއްގެ ވީޑިއޯއެއް އާންމު ކުރި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ ރައީސްކަން ކުރާ ހަސަން އިސްމާއީލުވެސް ހައްޔަރު ކުރިއެވެ. އެހެން ނަމަވެސް ކޯޓުން ވަނީ އޭނާ ދާދިފަހުން ދޫކޮށްލާފައެވެ.

ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާމިރާއި ވިސާމްގެ މައްޗަށް ކުރަނީ އަސްލެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ.

ރާއްޖެ ޓީވީއަށް ތުހުމަތުތަކެއްކޮށް ވާހަތަކެއް ދައްކާފައިވާތީ އެ ސްޓޭޝަނުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.