English Edition
Dhivehi Edition

މާލެ ހިޔާ ފުރަގަހުގައި ހުންނަ ޕީޕީއެމްގެ “ރުމާލު 2” ޖަގަހާގައި ހުޅުޖަހައި ގެއްލުން ދީފި އެވެ

މި މައްސަލައާއ ގުޅިގެން ޕީޕީއެމް އިން ބުނެފައިވަނީ ރޭ ފަތިހު 4:30 ހާއިރު ޕެޓްރޯލު ފުޅިއެއް ހިފައިގެން މީހަކު ޖަގަހަ ތެރެއަށް ވަނުމަށް މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި އެތަނުގައި ހުރި ސެކިއުރިޓީ އެކަމަށް ހުރަސް އެޅުމުން އޭނާއަށް ބިރު ދެއްކުމަށް ފަހު އޭނާ ދުރަށް ޖެއްސާ ޕީޕީއެމް ޖަގަހަ ތެރެއަށް ވަނުމަށް ފަހު ސްޓޭޖު މައްޗަށާއި ކާޕެޓަށް ޕެޓްރޯލް އަޅައި ރޯކޮށްލާފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީން ބުނެފައިވަނީ ރޯކުރި މީހުން ޕީޕީއެމްގެ ސޯޝަލް މީޑިއާ ޓީމުން މަސައްކަތް ކުރާ ފުރަތަމަ ފްލޯއަށް ވެސް އެރުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް އެތަނުގައި ދަނގަޑު ގޭޓެއް ހުރުމުން އެކަން ކާމިޔާބު ނުވީކަމަށް ބެލެވޭ ކަމަށެވެ

މި މައްސަލަ މިހާރު ފުލުހަށް ރިޕޯޓްކޮށްފައިވާއިރު މިފަދަ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ވިދާޅުވެފައެވެ