English Edition
Dhivehi Edition
Muslim pilgrims walk outside the King Abdul Aziz airport upon their arrival to the Red Sea port city of Jeddah on September 4, 2016. Muslim pilgrims are heading to Saudi Arabia for the annual pilgrimage to the holy city of Mecca, which is due to begin on September 9. / AFP PHOTO / STRINGER / “The erroneous mention appearing in the metadata of this photo by has been modified in AFP systems in the following manner: byline is STRINGER instead of AMER HILABI . Please immediately remove the erroneous mention from all your online services and delete it from your servers. If you have been authorized by AFP to distribute it to third parties, please ensure that the same actions are carried out by them. Failure to promptly comply with these instructions will entail liability on your part for any continued or post notification usage. Therefore we thank you very much for all your attention and prompt action. We are sorry for the inconvenience this notification may cause and remain at your disposal for any further information you may require.”

ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގައި ގިނަބައެއްގެ މަޤްބޫލުކަން ހޯދާފައިވާ “ޓްރެވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ” ފަރާތުން ޢުމްރާގެ ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ޓްރެވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ލަޠީފް “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރާ ހުއްދަ އެކުންފުންޏަށް ލިބިފައިވާކަމަށާއި، ޢުމްރާގެ މަސައްކަތް ކުރުމަށްޓަކައި “ޓްރެވް ޙައްޖު އެންޑް ޢުމްރާ”ގެ ނަމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ނަމެއް ވެސް ރަޖިސްޓްރީކޮށްފައިވާކަމަށެވެ.

ޓްރެވް މޯލްޑިވްސްގެ ފަރާތުން ޢުމްރާގެ ދަތުރުތަކުގެ ޚިދުމަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ގްރޫޕް ޢުމްރާއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ރަމަޟާން މަހުގެ ފަހު 15 އިގަ އެވެ. މި ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ހިތްހަމަޖެހޭފަދަ ޚިދުމަތްތަކަކާއި އެހީތެރިކަމެއް ކުންފުނީގެ ފަރާތުން ފޯރުކޮށްދޭނެކަމަށާއި، ޓްރެވްގެ ފަރާތުން ޢުމްރާގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ މައިގަނޑު އެއް ސަބަބަކީ އެކުންފުންޏާއެކު ޢުމްރާއަށް ދާ ފަރާތްތަކަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއެކު މި މަތިވެރި އަޅުކަން އަދާކުރުމުގައި ފަސޭހަ ގޮތްތަކެއް ގިނަބަޔަކަށް ފޯރުކޮށްދިނުންކަމުގައި ވެސް ޢަބްދުﷲ ވިދާޅުވިއެވެ.

ޓްރެވް ޙައްޖު އެންޑް ޢުމްރާގެ ފަރާތުން އިންތިޒާމްކުރާ ޢުމްރާ ދަތުރުތަކުގައި އިސްކޮށް ޙަރަކާތްތެރިވާނީ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ޤާބިލު ބޭފުޅުން ކަމަށާއި، ކުންފުންޏާއެކު ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިން ވެސް ބައިވެރިވާނެ ކަމަށް ވެސް ކުންފުނީގެ ވެރިޔާ ވަނީ ވިދާޅުވެފައެވެ.

ޢުމްރާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މިހާރުވެސް ޢުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފައިސާ ދެއްކޭނެ ގޮތްތައް ހަމަޖައްސާފައިވާކަމަށާއި، ކުރިއަށް އޮތްތާގައި ޢުމްރާއަށް ދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ތަފާތު ޕްރޮމޯޝަންތަކާއެކު ފަސޭހަތަކެއް ފޯރުކޮށްދެވޭނެކަމަށް ވެސް ކުންފުނީގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.

ކުންފުނީގެ ޢުމްރާ ދަތުރުތަކާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ކުންފުނީގެ 7936779 ނަމްބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.

މިއަހަރު ޢުމްރާއަށް މީހުން ގެންދިއުމަށް މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒުން ހުއްދަ ދީފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއެކު ޖުމްލަ 18 ކުންފުންޏަކަށެވެ. މިނިސްޓްރީން ހުއްދަ ދީފައިނުވާ ކުންފުނިތަކުން ޢުމްރާއަށް މީހުން ގެންދިއުމަކީ މަނާކަމެއްކަމުގައި މިނިސްޓްރީން ވަނީ އަންގާފައެވެ.