English Edition
Dhivehi Edition

ޕީޕީއެމް ކޯލިޝަން މެމްބަރުން ތިބީ ތަރައްގީ ބޭނުންވެފައިތިބި ރައްޔިތުންގެ ފަޅީގައި ކަމަށް ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް ވިދާޅުވެއްޖެއެވެ. އެޕާޓީގެ ސެކްރެޓަރީޖެނެރަލް ޑރ. އަބްދުﷲ ޚަލީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން ބޭނުންވަނީ ޚިދުމަތާއި ތަރައްގީ ކަމަށެވެ. ސަރުކާރުން ގެންދަވަނީ އެކަން ކޮށްދެއްވަމުންނެވެ. “ޕީޕީއެމްއެމްޑީއޭގެ ހުރިހާ މެންބަރުން ތިއްބެވީ ރައްޔިތުންގެ ފަހަތުގައި، ރައްޔިތުންނާއެކު. ރައްޔިތުން ބޭނުންވަނީ ޚިދުމަތް، ތަރައްގީ” ޚަލީލް ވިދާޅުވެފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ގަރާރެއް ވެއްދި ހިސާބުން ސިޔާސީ މަސްރަހުވަނީ ހޫނުވެފައެވެ. އެގަރާރުގައި ޕީޕީއެމްގެ 10 މެންބަރުންވަނީ ސޮއިކުރައްވައިފައެވެ. އޭގެ ތެރެއިން ތިން މެންބަރަކުވަނީ ޕީޕީއެމްއިން ވަކިވެ ވަޑައިގެންފައެވެ. ޕީޕީއެމްގެ ޕީޖީ ގުރޫޕުގެ އިސްބޭފުޅަކު ވިދާޅުވީ އެގަރާރުގައި ސޮއި ކުރެއްވިޔަސް އެއިން އެއްވެސް ބޭފުޅަކު މަސީހާ ދެކޮޅަށް ވޯޓު ނުދެއްވާނެ ކަމަށެވެ. އެހެންވީމައި އެކަމުގެ ސަބަބުން ސަރުކާރަށްވެސް އަދި ޕީޕީއެމަށްވެސް އެއްވެސް ހާސްކަމެއް ނެތް ކަމަށް އެމެންބަރު ވިދާޅުވިއެވެ.