English Edition
Dhivehi Edition

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް “ބާޣީއަކަށް” ހެދުމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނުގެ އާއިލާ ދެކޭ ބޮޑު ހުވަފެނެއް ކަމަށާއި އެންމެ ފަހުން އެ ހުވަފެން ނަޝީދު ހަގީގަތަކަށް ހަދައިފިކަމަށް ޕީޕިއެމްގެ ޕީޖި ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ނަޝީދު ވަނީ މައުމޫން “މަގުފުރައްދާފަ” ކަމަށާއި، ރައީސް މައުމޫންގެ ވެރިކަމާމެދު ހިތްހަމަނުޖެހި އެމަނިކުފާނުގެ އަބުރު ކިލަނބު ކުރުމަށްޓަކައި މަސައްކަތް ކުރަމުން ގެންދެވީ ރައީސް ނަޝީދުކަން ކޮންމެ މީހަކަށްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. މީގެ އިތުރުން ނިހާން ވިދާޅުވީ އެސްއޯއީ ނިމިގެން ދިޔައިރު ހައްޔަރީންގެ ތެރޭގައި އެމްޑީޕީގެ ބޮޑުންނެއް ނުހިމެނޭކަމާށާއި މުޅިން ވެސް ހައްޔަރުވެފައިވަނީ ނަޝީދު އެ މީހެއްގެ ދެކެ ރުޅި އައި މައުމޫން އާއި މައުމޫންގެ އާއިލާ އާއި އޭނާގެ ގާތް މީހުންކަމަށެވެ

މީގެ އިތުރުން ނިހާން ވަނީ ނަޝީދުގެ އާއިލާއަކީ 1953 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ ހުރިހާ ބަޢާވާތެއްގައި ބައިވެރިވެފައިވާ ބައެއްކަމަށް ވިދާޅުވެ ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސް މައުމޫން ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ އާއި އަދުލު އިންސާފަށް ހުރަސް އެޅުމުގެ ދައުވާކޮށްފަ އެވެ