English Edition
Dhivehi Edition

ސްޓާ ޕްލައިސް އިން ދައްކަމުން އަންނަ ޑްރާމާ ‘ސާތު ނިބާނާ ސާތިޔާ’ގެ އެންމެ ފަހު އެޕިސޯޑްތައް ކުޅެމުންދާ ކަމަށް ޑިވޯލީނާ ބުނެފިއެވެ. ޑްރާމަގައި ގޯޕީ ބަހޫގެ ރޯލުން ފެނިގެންދާ ޑިވޯލީނާ ބުނެފައިވަނީ 06 އަހަރު ދުވަސް ވަންދެން މަސައްކަތްކުރުމަށްފަހު ޑްރާމާ އެއްކޮށް ނިމިގެންދާތީ ވަރަށް ދެރަވާ ކަމުގައެވެ. ސާތު ނިބާނާ ސާތިޔާ ސްޓާޕްލަސްއިން ދައްކަމުން އަންނަތާ 07 އަހަރުވެފައިވާ އިރު މީ އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޑްރާމާއެކެވެ. “ޑްރާމާ ނިމެތީ ވަރަށް ދެރަވޭ. މި ޑްރާމާ ކުޅުމުގައި ހޭދަވި 06 އަހަރު ދުވަހު ބެލުންތެރިން ދިން ސަޕޯޓް ދުވަހަކުވެސް ހަދާނެއް ނުނެތޭނެ. އަހަރެން ވަރަށް އުފާވޭ މި ޑްރާމާ ކުޅެން ލިބުނީމަ. އުއްމީދުކުރަނީ ތުލްސީ އާއި ޕްރްވަތީ ފަދައިން ގޯޕީ ބަހޫވެސް އަބަދުވެސް އެންމެންގެ ހަނދާނުގަ ހުރުން” ޑިވޯލީނާ ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ މި ޑްރާމާއަކީ އޭނާގެ ދިރިއުޅުމުގެ މުހިއްމު ހިއްސާއެއް ކަމުގައެވެ. އަދި ޑްރާމާގެ ބައިވެރިންނަކީ އޭނާގެ އާއިލާގެ އެއްބައި ކަމުގައެވެ. މީ ޑްރާމާގެ ތަރިންގެ އިތުރުން ބެލުންތެރިންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު ހިތާމާއެއް ކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ. އަދި ޑްރާމާގެ މަޝްހޫރު ތަރި ކޮކީލާ މޯދީގެ އަޑު ޓީވީ އިން ކެޑިގެން ދިޔުމަކީ ލިބޭ ފަޅުކަމެއް ކަމުގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ. މި ޑްރާމާގެ އެންމެ ފަހު އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައިވަނީ 23 ޖުލައިގައެވެ. މި ޑްރާމާ ގެ ބަދަލުގައި ދެން އެ ގަޑީގައި ދެއްކުމަށް ހަމަޖެހިފައިވަނީ މިހާރު މެންދުރު ފަހު ދައްކަމުން ދާ ތޫސޫރަޖް މެ ސާންޖް ޕިއާއެވެ.