English Edition
Dhivehi Edition

އީދިގަލި ހިމާޔަތް ކުރެވިފައިވާ ސަރަހައްދަށް “އައްޑޫ ނޭޗަރ ޕާކް” މި ނަން ކިޔުމާ ގުޅޭގޮތުން އާންމުންގެ ހިޔާލަށް ހުޅުވާލައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން އިއްޔެ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އީދިގަލި ހިމާޔަތް ކުރެވިފައިވާ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރެވެމުން ދާއިރު މިތަނަކީ އައްޑޫގެ ފަތުރުވެރިކަމަށް ވަރަށް މުހިއްމު ތަނަކަށް ވެގެންދާނެކަމަށެވެ.

މިހާރު އެސަރަހައްދަށް ނިސްބަތްކޮށް އެކި ނަންނަން ( ކޯއްޓޭ، އީދިގަލި ކިޅި، އީދިގަލި ހިމާޔަތްކޮށްފައިވާ ސަރަހައްދު) ކިޔަމުން ދާތީ ހިމާޔަތް ކުރެވިފައިވާ މިބާވަތުގެ ތަންތަނަށް ވަކި ނަމެއް އޮތުމަކީ މުހިއްމުކަމެއް ކަމަށް ކައުންސިލުން ދެކޭ ކަމަށާއި އެ ސަރަހައްދަށް “އައްޑޫ ނޭޗަރ ޕާކް” މިނަން ކިއުމާމެދު ޢާންމުންގެ ޚިޔާލު ބޭނުން.ވާކަމަށް އިއުލާނުގައި ވެއެވެ

އެ ސަރަހައްދަށް ނަން ކިޔުމާމެދު އާންމުންގެ ހިޔާލު ބޭނުންވާ އިރު، އެ ޚިޔާލު ހުށަހަޅާނީ އަންނަ ބުދަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ

އީމެއިލް ([email protected]) .