English Edition
Dhivehi Edition

ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަށް ނޮމިނޭޝަންސް ހުށަހެޅުމުގެ ފުރުސަތު ހަމަވިއިރު 500 އަށް ވުރެ ގިނަ ފަރާތްތަކުން އެވޯޑަށް ނޮމިނޭޝަން ހުށަހަޅައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ހައިރައިޒްއިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މި އެވޯޑަށް ނޮމިނޭޝަން ހުޅުވާލީ މިއަަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މާޗް މަހުގެ 15 ގެ ނިޔަލަށެވެ.

މި އެވޯޑަށް މިހާތަނަށް ދިވެހިރާއްޖޭގެ އިތުރުން ބޫޓާނުގެ ބޮޑެތި ހޮޓެލް ބްރޭންޑުތަކުންނާއި އިންޑިއާ އަދި ސްރީލަންކާއާއި ނޭޕާލުން ވެސް ވަނީ ނޮމިނޭޝަން ހުށަހަޅާފައެވެ. އޭގެ ތެރޭގައި ބޮޑެތި ބްރޭންޑްސް ތައް ކަަމަށް ވާ ތާޖް ތާޝީ، ތާޝީ ނަމްގޭ، ނަމްގޭ ރިސޯޓު، ތާރާ ފެންޑޭލިންގް ހޮޓެލް، ޑްރަކް ހޮޓެލް ފަދަ ބްރޭންޑްތައް ވަނީ މިހާރުވެސް ނޮމިނޭޓް ކޮށްފައެވެ. މީގެ އިތުރުން ރީޖަން މެރިއޮޓް، ޝެރެތަން، ޖުމެއިރާ، ތާޖް ހޮޓެލްސް، ކޮކޯ ކަލެކްޝަން، ވިލާ ހޮޓެލްސް، ސިނަމަން، އަމާޔާ، ހައިޑްވޭއި، ކިންގްސްބެރީ، ސަން ސިޔާމް، ވިލާ ފަދަ ބްރޭންޑްތަކުގެ ރިސޯޓު ތައް ވަނީ މިހާރުވެސް ނޮމިނޭޓް ކޮއްފައި ކަމަށް ހައިޒައިރުން ބުނެއެވެ،

މި އަހަރު އިންޑިއާގެ މުމްބާއީގައި ބާއްވާ ސަޓާގެ ނޮމިނޭޝަނަށް ހުށައެޅުމުގެ ފުރުސަތު ހަމަވެފައިވާއިރު މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އޮންލައިން ވޯޓިންއަށް ފުރުސަތު ހުޅުވާލާނެ ކަމަށް ހައިރައިޒުން ބުންޏެވެ. އަދި ޖޫން މަހާއި ޖުލައި މަހުގައި ހާއްސަ ޕެނަލް އަކުން ސަޓާ އެވޯޑުގެ އިވެލުއޭޝަން ކުރިއަށްގެންދާނެ ކަަމަށް ވެސް ސަޓާގެ ފައުންޑަރ އިސްމާއިލް ހަމީދު (އިއްސެ ) ވަނީ ވިދާޅުވެފައެވ

އިއްސެ ވިދާޅުވީ ސަޓާ އެވޯޑުގެ ގާލާ އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު މަހު، މުމްބާއީގައި ކަމަށެވެ. އެހެން ނަމަވެސް އެވޯޑްސް ބާއްވާ ތަނެއް ނިންމާފައި ނުވާކަމަށް އިއްސެ ވަނީ ވިދާޅުވެފައެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި މޭޖަރ އޯގަނައިޒޭޝަންސް ހިމެނޭކަމަށް ވެސް އިއްސެ ވިދާޅުވިއެވެ.

މީގެ ތެރޭގައި ހޮޓޭލްސް އެންޑް ރެސްޓޯރެންޓްސް އޮފް ބޫޓާން( އެޗްއާރުއޭބީ) ، އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ، ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ، ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް، ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)، ލިވްއަބޯޑު އެސޯސިއޭޝަން އޮފް . ،މޯލްޑިވްސް، އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ .މޯލްޑިވްސް މާކެޓިން .އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ).ނޭޕާލް ޓޫރިޒަމް ބޯޑު، އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް، ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް، އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް ހިމެނެއެވެ.