English Edition
Dhivehi Edition

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ވިކްޓަރީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ކުޅުނު މެޗު މާޒިޔާ ކާމިޔާބުކޮށްފިއެވެ.

ލީގުގައި މިއަދު ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކޮށްފައިވަނީ 3-0 ލަނޑުންނެވެ.

މިއަދު މެޗު ފަށައިގެން ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ފުރަތަމަ ހާފްގެ ކުރީ ކޮޅު މާޒިޔާއިން ވަނީ މެޗުގެ ކުޅުން ރަނގަޅުކޮށްފައެވެ.

މިއަދުގެ މެޗުން މާޒިޔާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މިއަދުގެ މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑަކީ ވިކްޓަރީގެ އަލީ ޝާމިސް ގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.އަދި މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޔަސްފާދު ހަބީބު ވަނީ މާޒިޔާއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ ދެ ލަނޑުގެ ލީޑެއް ނަގައި ދީފައެވެ.

މާޒިޔާ އިން މި މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗްގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މުހައްމަދު އިރުފާން އެވެ.

މާލޭ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ 9:00 ގައި އޮންނަ މެޗުގައި ވާދަކުރާނީ ކްލަބު ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.