English Edition
Dhivehi Edition

ޚަބަރެއް ނުވެގެން އެމްއެންޑީއެފުން ހޯދަމުން ދިޔަ ކޮންކޯރޑް ދޯނި އެމްއެންޑީއެފް ކޯސްޓްގާޑް “ކުރަނގި” ހެލިކޮޕްޓަރަށް ފެނިއްޖެކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.

“ކޮންކޯރޑް” ދޯނި ފެނިފައިވަނީ މިއަދު 15:05 ހާއިރު އައްޑޫ ސިޓީ އާއި ހުޅަނގު ދެކުނުން 32 މޭލު ބޭރުންނެވެ.

އެމްއެންޑީއެފުން ހާމަކުރައްވާ ގޮތުގައި މި ދޯނި އޮތް ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފް “ހަކުރާ” ވަނީ ގޮސް ދޯނީގެ މަޢުލޫމާތު ނަގާފައެވެ.

މި ދޯނިން ކޯސްޓްގާޑަށް މައުލޫމާތު ދިން ގޮތުގައި ދޯނީގެ އިންޖީނަށް ދިމާވި މައްސަލަ މިހާރު ވަނީ ހައްލުކުރުމަށްފަހު އައްޑޫ ސިޓީއަށް ދިއުމަށްޓަކައި ދަތުރުފަށާފައެވެ. މި ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅެވެ.

މި ދޯނީގެ ޚަބަރެއް ނުވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރުއެވެ.