English Edition
Dhivehi Edition

ރާއްޖޭގެ ހޯމްމިނިސްޓަރ އަޒުލީން އަޙުމަދު މާދަމާ އައްޑޫސިޓީއަށް ވަޑައިގަންނަވާނެއެވެ. މިދަތުރުގައި އެމަނިކުފާނުގެ އަރިހުގައި ކޮމިޝަނަރއޮފް ޕޮލިސް އަޙުމަދު އަރީފާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާވެސް ވަޑައިގަންނަވަނެއެވެ. އެބޭފުޅުން އައްޑުއަށް ވަޑައިގަންނަވަނީ މާދަމާ މެންދުރުގެ ވަގުތެއްގައެވެ. މިއީ އާރުއޭއެފް ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ ޕޮލިސް އެކެޑަމީ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. ޕޮލިސްއެކެޑަމީގެ ބިންގާ އަޅުއްވައިދެއްވުން އޮންނާނީ މާދަމާ ހަވީރު 4:30 ގައެވެ. އެ ރަސްމިއްޔާތަށް އައްޑޫސިޓީ ފުލުހުން ގެންދަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. އެރަސްމިއްޔާތުގައި އައްޑޫސިޓީގެ ވަރަށްގިނަ އިއްޒަތްތެރިންނާއި ކަމުވޮށިވެގެންވާ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.