English Edition
Dhivehi Edition

އިނގިރޭސި އެފްއޭކަޕްގެ ސެމީފައިނަލަށް ބްރިއިޓަން ބަލިކޮށް އިނގިރޭސި އެންމެ ކާމިޔާބު އެއް ޓީމް މެންޗެސްޓަރ ޔުނައިޓެޑް ދަތުރު ކުރިއިރު ޓޮޓެންހަމްއިން ސްވަންސީ ސިޓީން ސެމީގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

އެފްއޭކަޕްގެ ކުއާޓާފައިނަލްގައި ރޭ ބްރައިޓަން ބަލިކޮށް ޔުނައިޓެޑް ސެމީއަށް ދަތުރުކުރީ ބްރައިޓަން 0-2 ލަނޑުން ބަލިކޮށްގެންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 37 ވަނަ މިނެޓްގައި ރޮމެލޫ ލުކާކޫގެ ލަނޑުން ޔުނައިޓެޑް ލީޑު ނެގި އިރު ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި މަޓިޗްއެވެ.

މިއީ މި މުބާރާތުގެ ސެމީއަށް ޔުނައިޓެޑް ދަތުރުކުރި 29 ވަނަ ފަހަރެވެ.އަދި ހަމައެހެންމެ މިމުބާރާތަކީ މި ސީޒަނުގައި ޔުނައިޓެޑަށް ކާމިޔާބު ކުރެވެން އޮތް ހަމަ އެކަނި މުބާރާތެވެ.

ރޭގެ އެފްއޭކަޕްގައި ކުޅުނު ކުއާޓާގެ ދެވަނަ މެޗުގައި މުބާރާތުގައި މޮޅު ކުޅުމެއްދައްކަމުންގެންދާ ޓޮޓެންހަމް އިން ވަނީ ރަށުން ބޭރުގައި ސްވެންސީ ސިޓީ 0-3 ލަނޑުން ބަލިކޮށް ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ރޭގެ މެޗުގައި ޓޮޓެންހަމްގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު އެރިކްސަން ކާމިޔާބުކޮށްދިން އިރު ޓޮޓެންހަމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ލަމޭލާއެވެ.

މުބާރާތުގެ ކުއާޓާފައިނަލްގައި މިރޭ ވެސް ދެ މެޗު ކުޅޭނެއެވެ.މިގޮތުން މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ވިގެން އާއި ސައުތްހެމްޓަންއެވެ. އަދި ދެވަނަ މެޗުގައި ރާއްޖެގަޑިން މިރޭ 9:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޗެލްސީ އާއި ލެސްޓަ ސިޓީއެވެ.