English Edition
Dhivehi Edition

އައްޑޫސިޓީގެ މީދޫގައި އަމިއްލަބަޔަކު އިސްނަގައިގެން ހިންގާ ނަލަފެހި ޖަމިއްޔާއިން ހުޅުމީދޫގައި މުރަކަ އާލާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ރަށުގެ ފަޅުތެރޭ ގައި މަރުވެފައިވާ މުރަކަތައް އާލާކުރުމަށް މި ޖަމިއްޔާއިން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން އިއްޔެ ވަނީ މުރަކަ އާލާކުރުމުގެ ޕްރޮގްރާމް ރަސްމީކޮށް ފަށައިފައެވެ. އިއްޔެ ހެނދުނު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މީދޫ ބަނދަރު ސަރަހައްދު ގައެވެ.

ނަލަފެހި ޖަމްމިއްޔާ އިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ މުރަކަ އާލާ ކޮށް ދިރުވުމުގެ ޕްރޮގްރާމް ގައި ވަނީ ހުޅުމީދޫގެ ދެސްކޫލަކުން ވެސް ބައިވެރި ވެފައެވެ. މިގޮތުން ޝަމްސުއްދީން ސްކޫލް، ސ. އަތޮޅުމަދަރުސާގެ ދަރިވަރުންގެ އިތުރުން ސްކޫލްގެ މެނޭޖްމެންޓް އަދި ބެލެނިވެރިން ބައިވެރި ވެފައި ވެއެވެ. ދެ ސްކޫލް ގެ އިތުރުން ހުޅުމީދޫ ޕޮލިސް،ޖާވާދުﷲ ޒާހިރު، އަލީ ނޫރައްދީން،އަފްސަން ލަތީފް، ބެސްޓް ސެލެކްޝަންގެ ފަރާތުން އައްދު، އެސް.ޓީ.އެލް ގެ ފަރާރުން ޔޫނުސް، ޝަންގިރިއްލާ ރިސޯރޓް، އަދި ނަލަފެހި ޖަމްމިއްޔާގެ ހީވާގި މެމްބަރުން ބައިވެރި ވެފައި ވެއެވެ. ނަލަފެހި ޖަމްމިއްޔާގެ އިސްފަރާތް ކަމަށްވާ މުހައްމަހު ކާމިލް (ގާރީ) ވަނީ ކޮރަލް ޕްލާންޓިންގ ގައި ބައިވެރި ވެ ދެއްވި އެންމެހައި ރައްޔިތުން ނަށް ޝުކުރު ދެންނަވާފައެވެ.

މިޕްރޮގް ރާމް އާއި ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން މުހައްމަދު ކާމިލް ވިދާޅުވީ،”ފަޅުތެރެޔަށް ފީނާ ބަލާލި އިރު ވަރަށް ބޮޑުސަރަހައްދެއްގެ މުރަކަ ތައް މަރުވެ ނެތިގެން ގޮސްފައިވާ ކަމަށް”ށެވެ. “އަޅުގަނޑުމެން ވަރަށް ކުރީން ވެސް ރާވާފައި އޮތް ކަމެއް މިއީ ރަށުގެ ފަޅުގައި މަރުވެފައިވާ މުރަކަތައް އާލާކުރުން”. އަޅުގަނޑުމެން ފީނާ މުޅި ސަރަހައްދު ބަލާފައި ވަކި ތަންކޮޅެއް ގައި ފުރަތަމަ މިއިންދަނީ، ދެން މަސައްކަތް ކާމިޔާބު ވާ މިންވަރަކުން މުޅިސަރައްދު ގައި މުރަކަ އާލާކުރާނަން”. މުރަކަ އާލާ ކޮށް ދިރުވާ ހެދުމަށް ރަށުގެ ތަޖްރިބާ ކާރު ބޭފުޅުން ނާއި ޒުވާނުން ގެ ހިއްވަރު މިކަމަށް ލިބެމުންދާ ކަންވެސް ކާމިލް ވަރަށް ބޮޑަށް ފާހަގަ ކުރެއްވިއެވެ.

ނަލަފެހި ޖަމްއިއްޔާ އަކީ މިހާތަނަށް ރަށުގައި އުފެދުނު އެންމެ ވަރުގަދަ އެއް ޖަމިއްޔާއެވެ. މިޖަމިއްޔާ ގައި ރަށް ސާފުކުރުމާއި، ގަސް އިންދުމުގެ އިތުރުން ރަށުގެ ތަރައްގީއަށް ގިނަގުނަ ކަންތައް ތައް ކުރަމުންދެއެވެ. ނަލަފެހިން ފާހަގަ ކުރާ ގޮތުގައި މި ޖަމްމިއްޔާ އަކީ ރަށުގެ ވަރަށް ގިނަ ބައެއްގެ އެއްބާރުލުން މިކަމުގައި ލިބެމުންދާ މިޖަމިއްޔާ އެކެވެ. ރަށުގެ ރައްޔިތުންގެ އެއްބާރުލުން މި ޖަމްމިއްޔާ އަށް ލިބުމަކީ މިޖަމްމިއްޔާ އުފެއްދި ފަރާތް ތަކަށް ލިބުނު ހިއްވަރެއް ކަމަށް ޖަމިއްޔާގެ އިސްވެރިން ފާހަގަ ކުރެއްވިއެވެ.