English Edition
Dhivehi Edition

ކެނެރީފް އާއި ގައުމު އެފްސީ އިއްޔެ ބައްދަލު ކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗުން ދެޓީމް އެއްވަރު ވެއްޖެއެވެ

ކެނެރީފް އިން 6ލަނޑު ޖަހާފައި ވާއިރު ގައުމު އެފްސީއިން ވެސް ވަނީ 6ލަނޑު ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ

ކެނެރީފް ފުޓްބޯޅަ ދަނޑުގައި އިއްޔެ ހަވީރު ކުޅެވުނު މިމެޗްގައި ކެނެރީފްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެދިހަ ވަނަ މިނިޓްގައި ކާމިޔާބު ކޮށްފައި ވާއިރު މެޗުގެދެވަނަ ލަނޑު ސަތާރަވަނަ މިނިޓުގައި ކާމިޔާބުކޮށްދީފައިވަނީ ފަރުހާނެވެ. ގައުމު އެފްސީގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ތޭވީސް މިނިޓުގައި ސޮބާހްއެވެ

ކެނަރީފް ދެލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑް ހޯދަފައި ވަނިކޮށް ފުރަތަމަ ހާފް ނިމުމުގެ ކުރީން ގައުމު އެފްސީ ގެ ސޮބާހް ވަނީ ދެވަނަ ހާފްގައި ލަނޑެއްޖަހާ މެޗްގެ ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ

ދެޓީމްގެ ފަރާތުން ދާދިހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ދެވަނަ ހާފްގެ ކުޅުމުގައި ކެނަރީފްގެ ތިންވަނަ ލަނޑުކާމިޔާބު ކޮށްދީފައިވަނީ އާހިލްއެވެ. ދެވަނަހާފްގައި ގައުމު އެފްސީއިން ތިންވަނަ ލަނޑު މެޗުގެ ސޯޅަވަނަ މިނިޓުގައި ސޮބާހް ކާމިޔާބު ކޮށްދީ އަނެއްކާވެސް މެޗްގެ ނަތީޖާ ހަމަ ހަމަ ކޮށްފައި ވެއެވެ. ދެވަނަ ހާފްގައި މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗްގައި ކެނަރީފްގެ ހަތަރުވަނަ ގޯލް ނަވާރަ ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވާ އިރު ފަހަތުން އަރާ ގައުމުގެ ސޮބާހް ވަނީ ކެނަރީފް ކޮޅަށް ގޯލް ޖަހާ މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ

ވާދަވެރި މިމެޗްގައި ގައުމުގެ ފަސްވަނަގޯލް އަށާވީސް ވަނަ މިނެޓްގައި ސޮބާހް ކާމިޔާބުކޮށްދިން އިރު ހަވަނަގޯލް ތިރީސް ވަނަ މިނެޓްގައި ކާމިޔާބްކޮށްދިނީ ވިޝާހްއެވެ. ކެނަރީފް އިން ސައްބީސް ވަނަ މިނެޓްގައި ފަރްހާން ފަސްވަނަ ގޯލް ކާމިޔާބު ކޮށް ދިން އިރު ތިރީސް ތިންވަނަ މިނެޓްގައި ފަރްހާން ވަނީ އިތުރު ލަނޑެއްޖަހާ 6-6 އިން ނަތީޖާ ވަނީ އެއްވަރު ވެފައެވެ

މެޗުގެ ނަތީޖާ ބަދަލުކޮށް މޮޅުވުމަށްޓަކަިއ ދެ ޓީމުންވެސް މަސައްކަތްކޮށްފައިވާއިރު މެޗު ނިމިގެން ދިޔައީ ދެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވިއެވެ

އިއްޔެ ކުޅެވުނު މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގަމު އެފްސީ ގެ ސޮބާހް އަހްމަދެވެ

މި މުބާރާތްޝަރަފް ވެރިކޮށްދެއްވީ ކެނަރީފް ރިސޯރޓްގެ ޖެނެރަލް މެނޭޖަރ ކެވިން ޖޯޖްއެވެ