މާލެ އާއި ރަށްރަށުގައި އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ މުޒާހަރާތައް ކުރިއަށް ގެންދަނީ ލާދީނީ ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ
މިރޭ ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި އެ މިނިސްޓްރީން ބުނެފައިވަނީ ޣައިރުޤާނޫނީ އެއްވުންތަކުގައި ބައިވެރިނުވުމަށް އެދޭ ކަމަށާއި އެފަދަ ކަންކަން ރައްޔިތުން ސަމާލުވެގެން ތިބުމަށް އެދޭކަމަށެވެ. އަދި އެ އެއްވުންތައް ކުރިއަށް ގެންދަނީ ގައުމުގެ ތަރައްގީ އާއި އިސްލާމްދީނަށް ނަފުރަތު ކުރާ ބައެއް ކަމަށް ހޯމް މިނިސްޓްރީންވަނީ ބުނެފައެވެ
މީގެ އިތުރުން ހޯމް މިނިސްޓްރީން ބުނެފައިވަނީ އިސްލާމްދީނާއި ހިލާފް އެއްވެސް ގަރާރެއް ދިވެހި ސަރުކާރުން ބަލައި ނުގަންނާނެ ކަމަށެވެ.އަދި ޔޫރަޕިއަން ޔޫނިއަންއިން އިއްޔެ ނެރުނު ގާރަރަކީ ދިވެހި ސަރުކާރުން ބަލައިގަންނަ ގަރާރެއް ނޫން ކަމަށާއި އެ ގާރަރަކީ ދިވެހިންގެ އެއްބައިވަންތަ ކަމަށް ހުރަސް އަޅާ ގަރާރެއް ކަމަށެވެ