English Edition
Dhivehi Edition
ހޯމް މިނިސްޓަރު އަލީ އިހުސާން

ދުނިޔޭގައި ކުރިއަށްދާ ހަނގުރާމަތައް މަދުކުރުމަށް ގަތަރުން ވެފައިވާ ވައުދުތަކަކީ، ތައުރީފު ހައްގު ވައުދުތަކެއް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަލީ އިހުސާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ގަތަރުގައި ކުރިއަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށްފަހު މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ، ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތައް ހައްލުކުރުމަށް ގަތަރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. ގަތަރަކީ އެފަދަ މައްސަލަތައް ހައްލުކުރުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމެއް ކަމުގައިވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މިފަދައިން ހައްލު ހޯދުމަށް މަސައްކަތްކުރުމުގެ އިތުރުން، ގަތަރުން ހަނގުރާމަތައް މަދުކުރުމަށް ވެފައިވާ ވައުދުތަކަކީ ވަރަށް ތައުރީފު ހައްގު ކަމެއް ކަމުގައި އިހުސާން ވިދާޅުވިއެވެ.

ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ގަތަރުގެ ބޮޑުވަޒީރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލްތާނީ ވެސް ވަނީ ދުނިޔޭގެ ސިޔާސީ މަސްރަހުގައި ހުރި ގޮންޖެހުންތަކާއި އިންސާނިއްޔަތަށް ހުރި ނުރައްކާތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ. މެއި 20 އިން 22 އަށް ކުރިއަށްގެންދާ މި ފޯރަމްގެ ތީމަކީ “ސްޓްރެޓަޖިކް ކޮމްޕެޓިޝަން: ދަ ކޮމްޕްލެކްސިޓީ އޮފް އިންޓަރޑިޕެންޑެންސް” އެވެ.