English Edition
Dhivehi Edition

އޭޑީކޭއިން ގޭގެއަށް ގޮސް ބަލި މީހުންނަށް ފަރުވާދޭނޭ ހިދުމަތެއް ތައާރަފް ކުރުމަށް ނިންމައިފިއެވެ.

ހައިޓެކް ސެންޓަރު ހުޅުވުމަށް ރޭ އޭޑީކޭ ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، “އޭޑީކޭހޯމް ވިޒިޓްގެ” ނަމުގައި ގޭގޭގެ އަށް ގޮސް ސިޓިންގ ރޫމްތަކުގައި ބަލިމީހުންނަށް ފަރުވާ ދޭނެ ހިދުމަތެއް ކުރިއަށް އޮތް މަދު ހަފްތާއެއްގެ ތެރޭގައި ފަށާނެ ކަމަށެވެ.

އެ ހިދުމަތް ދިނުމަށް ދާނީ އޭޑީކޭގެ މުވައްޒަފުންކަމަށާއި އަދި ބޭނުންކުރާނީ އޭޑީކޭގެ ވަސީލަތްތައްކަމަށް ވެސް އައްފާލް ވިދާޅުވި އެވެ

ހައިޓެކް ސެންޓަރު ހުޅުވުމަށްފަހު ވިދާޅުވީ ދެން އޮތް މަރުހަލާއަކީ އުމުރުން ދުވަސްވީ މީހުންނަށް އެބޭފުޅުންގެ އާއިލާއާއެކު އަމިއްލަ ގޭގައި ތިއްބަވައިގެން ފަރުވާ ލިބޭނެ މަގު ފަހިކޮށްދިނުންކަމަށެވެ.

“އިރާދަކުރެއްވިއްޔާ ވަރަށް އަވަސް ފުރުސަތެއްގައި ރައްޔިތުންނާއި ހަމައަށް އަޅުގަނޑުމެން ގެެނެސްދޭނަން”. އައްފާލް ވިދާޅުވިއެވެ.

އޭޑީކޭގެ 31 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހުޅުވި ހައިޓެކް ސެންޓަރ ޚާއްސަ ކޮށްފައި ވަނީ ހޮސްޕިޓަލުގެ އެއް ފައުންޑަރ ކަމަށްވާ އަލް މަރހޫމް ހަސަން އިބްރާހިމަށެވެ. ހަސަން އިބްރާހިމް އުމުރުން 57 އަހަރުގައި، އަވަހާރަވީ ހިތުގެ ބަލީގައެވެ.