English Edition
Dhivehi Edition

އެކިއެކި މައްސަލަތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ފުލުހުން ނައްތާލައިފިއެވެ

ފުލުހުންގެ އޮފިޝަލް ވެބްސައިޓްގައި ބުނެފައިވާ ގޮތުން،ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ އެއްޗެހި ނައްތައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ މާރިޗް މަހުގެ 15 ވަނަ ދުވަހު ދޫނިދޫގައެވެ.

ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ 2009ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދުގައި ހިމެނޭ 48 މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލެވެ. މިތަކެތީގެ ތެރޭގައި ހިމެނެނީ އެކި ބްރޭންޑްތަކުގެ 77 ފުޅި ބަނގުރަލާއި 24 ޕެޓް ފުޅިއާއި 15 ދަޅު ބިޔަރާއި 1 ރީނދޫ ހަމާއި އެހެނިހެން 54 އައިޓަމެކެވެ.

ނައްތާލާފައިވާ އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނެނީ ހުސްފުޅި އާއި ހުސްދަޅާއި އަދި ތަކެތި ބަންދުކުރުމަށް ބޭނުންކުރާ ކަރުދާސް ފޮއްޓާއި ބަނގުރާ ތައްޔާރުކުރުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން ބިއްލޫރި ތައްޓާއި، ބަނގުރަލުގެ އަސަރު އެކުލެވޭ 26 ޗޮކްލެޓް ކަމަށް ފުލުހުންގެ ވެބްސައިޓް ގައި ބުނެފައިއެވެ.