އަމިއްލަ ދަނޑުގައި ޔުނައިޓެޑް ރޮއްވާލުމަށް ފަހު ސެވިއްޔާ ކުއާޓާއަށް
2 އަހރު ކުރިން
Ali

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ، ދެވަނަ ލީގުގައި ރޭ އިނގިރޭސި ވިލާތުގެ ވަރުގަދަ މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ރޮއް ވާލުމަށް ފަހު ސްޕެއިންގެ ސެވިއްޔާއިން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

އިނގިރޭސި އެންމެ ކާމިޔާބު އެއް ޓީމް ޔުނައިޓެޑްގެ އޯލްޑް ޓްރެފަޑްގައި ރޭ ކުޅުނު މިމެޗުން ޔުނައިޓެޑް ކަޓުވާލުމަށް ފަހު ސެވިއްޔާ މޮޅުވެފައިވަނީ 2-1ގެ ނަތީޖާއަކުންނެވެ.

Advt

Advertisement

ރޭގެ މެޗުން މޮޅުވާން މަޖުބޫރު ވެފައިއޮތް ޔުނައިޓެޑް ސެވިއްޔާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ރޭގެ މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާއިރު ސެވިއްޔާއިން ވަނީ މެޗުގެ 74 ވަނަ ލަނޑު ޖަހައި ލީޑު ހޯދައިފައެވެ. ޕަބްލޯ ސަރަބިއާ ދިން ބޯޅައަކުން ސެވިއްޔާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ބެން ޔެޑާއެވެ.

ދެވަނަ ހާފްގައި ކުޅެން ނިކުމެ މިނިޓެއް ނުވަނީސް ޕްރާންގެ ބެން ޔެޑާ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އިރު އޭނާގެ ދެވަނަ ލަނޑު، ފުރަތަމަ ލަނޑުޖެހިތާ ހަތަރު މިނެޓުގައި ކާމިޔާބުކޮށްވަނީ ޔުނައިޓެޑްގެ ސަޕޯޓަރުން ރޮއްވާލާފައެވެ.

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށެވެ. މާކަސް ރަޝްފާޑު ދިން ބޯޅައަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫއެވެ.

ރޭ ކުޅުނު ގަދަ 16ގެ އަނެއް މެޗުގައި ރޯމާއިން ވަނީ އަމިއްލަ ދަނޑުގައި 1-0ގެ ނަތީޖާއަކުން ޝަޚްތާރު ޑޮނެސްކް ބަލިކޮށް، ކުއާޓާގެ ޖާގައެއް ހޯދައިފައެވެ. ރޯމާއިން ޖެހި ލަނޑު، މެޗުގެ 52 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޑިން ޖެކޯއެވެ.

މިހާތަނަށް ކުއާޓާގެ ޖާގަތައް ހޯދާފައިވަނީ ސެވިއްޔާ، ރޯމާ، ރެއާލް މެޑްރިޑް، ލިވަޕޫލް، ޔުވެންޓަސް އަދި މެންޗެސްޓާ ސިޓީއެވެ. ކުއާޓާގެ ފަހު ޖާގަތައް ހޯދާ ދެ ޓީމެއް ކަށަވަރުވާނީ މިރޭ ކުޅޭ ގަދަ 16ގެ މެޗުތަކަށްފަހުއެވެ. މިރޭ ބާސެލޯނާއާ ދެކޮޅަށް ރަށުން ބޭރުގައި ޗެލްސީ ނުކުންނަ އިރު، ރަށުން ބޭރުގައި ބަޔާން ނުކުންނަން ޖެހޭނީ ބެސިކްޓާސްއާ ދެކޮޅަށެވެ.