English Edition
Dhivehi Edition

ކައިށާ ފެޑުން3 ގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗުން އަލްފާކިއު މުޅޮވެއްޖެއެވެ. މީދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗު އަލްފާކިއު އިން ކާމިޔާބު ކުރީ އެމިގޮސް އާއި ބައްދަލުކޮށް 3 ލަނޑު 0 ލަނޑުންނެވެ. މި މެޗުގައި އަލްފާކިއު އިން ޖެހި ތިން ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިޝޭލް އެވެ. ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އެމިގޮސް އަށްވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ.

????????????????????????????????????
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި އަލްފާކިއު އަށް 3 ލަނޑު ޖަހައިދިން ކުޅުންތެރިޔާ ވިޝެލްއެވެ. މިރޭ ވިޝެލް ޖެހި 3 ލަނޑާއެކު އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 8 ލަނޑު ޖަހާފައެވެ. މި މުބާރާތުގެ ފައިނަލް މެޗު 8 ޖުލައިވާ ހޮނިހިރުދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރަނީ އެފްސީ ޑްރިބުލް އާއި އެމިގޮސް އެވެ. މި މުބާރާތަކީ ހެޔޮ އެދޭ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މުބާރާތެކެވެ.