English Edition
Dhivehi Edition
ކ. ގުރައިދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ގޫގުލް

ކ. ގުރައިދޫއިން ނިޔާވި 4 މަހުގެ ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ މި ކުއްޖާގެ ހަށިގަނޑު މިއަދު މެންދުރު 12 ގެ ފްލައިޓުގައި އިންޑިއާއަށް ގެންގޮސްފައިވާ ކަަމަށެވެ.

މި މަހުގެ 14 ވަނަ ދުވަހު ނިޔާވި މި ކުއްޖާ ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ ނިޔާވެފައެވެ. ކުއްޖާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފާހަގަކުރެވެން ނެތް ނަމަވެސް ކުއްޖާގެ ނޭފަތުން ލޭ އައިސްފައިވާކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.

މިހާރު ކުއްޖާގެ ހަށިގަނޑު އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވާފައިވާއިރު މި މައްސަލަ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.