English Edition
Dhivehi Edition

ހުއްދަ ނެތި ބޭރުގެ ސަފީރަކާއި ބައްދަލު ކުރި ކަމަށް ބުނެ ސަސްޕެންޑު ކުރި ގއ. އަތޮޅު ކައުންސިލުގެ ތިން މެމްބަރުންގެ ސަސްޕެންޝަން މުއްދަތު ހަމަވުމުން އޮފީހަށް މިއަދު ނިކުމެއްޖެ އެވެ.

އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އަޒްލީން އަހްމަދު މީގެ ކުރިން ވިދާޅުވެފައި ވަނީ ތިން ކައުންސިލަރުން ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފައި ވަނީ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނެރެފައިވާ ސާކިއުލާއާ ޚިލާފަށް، ހޯމް މިނިސްޓްރީގެ ހުއްދައެއް ނެތި ބޭރުގެ ޑިޕްލޮމެޓަކާ އެ ކައުންސިލްގެ މެންބަރުން ބައްދަލުކުރައްވާފައި ވާތީ ކަމަށެވެ.

އެ މެންބަރުން ބައްދަލުކޮށްފައި ވަނީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ސަފީރު އަކިލޭޝް މިޝްރާއާ އެވެ. އަކިލޭޝް ގއ. އަތޮޅަށް ވަޑައިގަތީ ގއ. އަތޮޅުން ދިން ދަުވަތަކަށް ކަމަށްހަބަރު ލިބެއެވެ.

ތިން ކައުންސިލަރުންގެ ސަސްޕެންޝަން ހަމަވެފައި ވަނީ އިއްޔެ އެވެ. އަދި ސަސްޕެންޝަން ހަމަވުމުން ތިން މެންބަރުން އޮފީހަށް ނިކުންނެވީ މިއަދު އެވެ.