English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ވިލާ ކުންފުންޏާއި ގުޅޭ ފަސް މައްސަލައެއް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި އެވެ.

ސުޕްރީމު ކޯޓުގައި ތާވަލު ކުރި މައްސަލަ ތަކުގެ ތެރޭގައި އެއްބަސްވުމާ ޚިލާފު އުފެދިގެން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މައްޗަށް ދަޢުލަތުން ކޮށްފައިވާ ދައުވާ އަކާއި ފައިސާ ހޯދުމަށް މާނެންފުށި ޕްރައިވެޓް ލިމިޓެޑް، ވިލާ ބިލްޑިންގގެ މައްޗަށް ދައުލަތުން ކުރާ ދައުވާއެއް ހިމެނެއެވެ. މީގެ އިތުރުން އެއްބަސްވުމާއި ޚިލާފު ބާޠިލު އެންގުމެއްކަމަށް އަމުރުކޮށްދިނުމަށް އެދި ގަޒިރާ ޕްރައިވެޓް ލިމިޓެޑް، ވިލާ ބިލްޑިންގ ގެ މައްޗަށް ދަޢުލަތުން ދައުވާ ކުރާ މައްސަލައެއް ވެސް ހިމެނެއެވެ.

މީގެ އިތުރުން ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ އެއްބަސްވުމާއި ޚިލާފު އުފެދިގެން ދަޢުލަތުން ދައުވާ ކުރާ މައްސަލައަކާއި ވިލާ ހޮޓެލްސް އެންޑް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ދަޢުލަތުން ކުރާ ވިޔަފާރީގެ ދަޢުވާގެ މައްސަލަ ހިމެނެއެވެ.

މި ފަސް މައްސަލަ ވެސް ސްޕްރީމު ކޯޓުގައި ތާވަލު ކޮށްފައިވަނީ ބުރާސްފަތި ދުވަހަށެވެ.