English Edition
Dhivehi Edition

ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަށް ނޮމިނޭޝަންސް ހުށަހެޅުމުގެ ފުރުސަތު 15 މާޗު ވާ ބުރާސްފަތި ދުވަހަށް ހަމަވާނެ ކަމަށް ހައިރައިޒުން ބުނެފިއެވެ.

މި އަހަރު އިންޑިއާގެ މުމްބާއީގައި ބާއްވާ ސަޓާއަށް މިހާރުވެސް ނޮމިނޭޝަންސްތައް އަންނަކަމަށާއި ނޮމިނޭޝަންސްތައް ހުށަހެޅުމުގެ ފުރުސަތު މި ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް ހުޅުވިފައި އޮންނާނެ ކަމަށް ސަޓާގެ ފައުންޑަރ އިސްމާއިލް ހަމީދު (އިއްސެ ) ވަނީ ވިދާޅުވެފައެވެ.

މި އެވޯޑަށް މިހާތަނަށް ދިވެހިރާއްޖޭގެ އިތުރުން ބޫޓާނުގެ ބޮޑެތި ހޮޓެލް ބްރޭންޑުތަކުންނާއި އިންޑިއާ އަދި ސްރީލަންކާއާއި ނޭޕާލުން ވެސް ވަނީ ނޮމިނޭޝަން ހުށަހަޅާފައެވެ. އޭގެ ތެރޭގައި ބޮޑެތި ބްރޭންޑްސް ތައް ކަަމަށް ވާ ތާޖް ތާޝީ، ތާޝީ ނަމްގޭ، ނަމްގޭ ރިސޯޓު، ތާރާ ފެންޑޭލިންގް ހޮޓެލް، ޑްރަކް ހޮޓެލް ފަދަ ބްރޭންޑްތައް ވަނީ މިހާރުވެސް ނޮމިނޭޓް ކޮށްފައެވެ. މީގެ އިތުރުން ރީޖަން މެރިއޮޓް، ޝެރެތަން، ޖުމެއިރާ، ތާޖް ހޮޓެލްސް، ކޮކޯ ކަލެކްޝަން، ވިލާ ހޮޓެލްސް، ސިނަމަން، އަމާޔާ، ހައިޑްވޭއި، ކިންގްސްބެރީ، ސަން ސިޔާމް، ވިލާ ފަދަ ބްރޭންޑްތަކުގެ ރިސޯޓު ތައް ވަނީ މިހާރުވެސް ނޮމިނޭޓް ކޮއްފައި ކަމަށް ހައިޒައިރުން ބުނެއެވެ،

ސަޓާ އެވޯޑަށް އޮންލައިންކޮށާއި އެޕްލިކޭޝަން ފޯމު މެދުވެރިކޮށް ނޮމިނޭޝަންސް ހުށަހެޅޭނެ ކަމަށް މި އިވެންޓް ތައްޔާރުކުރާ ހައިރައިޒުން ބުނެއެވެ.

ހައިރައިޒުން ބުނީ ފަތުރުވެރިކަމާއި ޓްރެވަލް ދާއިރާގެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ފަނޑިޔާރުންގެ ޕެނަލަކުން ނޮމިނޭޝަންތައް ބަލާނެކަމަށާއި އެއަށް ފަހު އޮންލައިންކޮށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ.

ސަޓާ އެވޯޑު އެންޑޯޒް ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ހޮޓޭލްސް އެންޑް ރެސްޓޯރެންޓްސް އޮފް ބޫޓާން( އެޗްއާރުއޭބީ) ، އެސޯސިއޭޝަން އޮފް ޓްރެވަލް އެންޑް ޓުއާ އޮޕަރޭޓާސް އިންޑިއާ، ފެޑެރޭޝަން އޮފް ޗޭމްބާސް އޮފް ކޮމާސް އެންޑް އިންޑަސްޓްރީ، ސްރީލަންކާ، ކޮލޮމްބޯ ޗޭމްބާ އޮފް ކޮމާސް، ކޮންފެޑެރޭޝަން އޮފް އެސޯޝިއޭޓެޑް ޓުއާ އޮޕަރޭޓާސް (އިންޑިއާ)، ލިވްއަބޯޑު އެސޯސިއޭޝަން އޮފް . ،މޯލްޑިވްސް، އެސޯސިއޭޝަން އޮފް ޕްރޮފެޝަނަލްސް އިން ޓޫރިޒަމް، އިންޑިއާ .މޯލްޑިވްސް މާކެޓިން .އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ).ނޭޕާލް ޓޫރިޒަމް ބޯޑު، އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް، މޯލްޑިވްސް، ކެރެލާ ހޮޓެލް ޖެނެރަލް މެނޭޖާ ކްލަބް، އިންޑިއާ އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސް ހިމެނެއެވެ.