English Edition
Dhivehi Edition

ލިވަޕޫލުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރު ސްކައި ސްޕޯޓްސްގެ އެންމެ އިސް އެއް ޕަންޑިޓް ޖޭމީ ކަރާގާ 14 އަހަރުގެ އަންހެން ކުއްޖެއް ގަޔަށް ކުޅުޖެހުމާއި ގުޅިގެން އޭނާ އެކަމަށް މާފަށް އެދިއްޖެއެވެ.

ސްކައި ސްޕޯޓްސްގެ ވެރިޔާ ބުނީ މިފެންވަރުގެ ދަށު ދަށަޖައިގެ އަމަލެއް ޖޭމީ ކަރާގާގެ ފަރާތުން ފެނިގެންގޮސްފައިވުމުން އިތުރަށް އޭނާ ސްކައިސްޕޯޓްސްގެ ވަޒީފާގައި ބަހައްޓަން ބޭނުން ނުވާކަމަށެވެ.

ގިނަ އަހަރުތަކެއް ލިވަޕޫލުގައި ކުޅެ ރިޓަރކޮށްފައިވާ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖޭމީ މިއަމަލާއި ގުޅިގެން ސްކައިއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފަދަ އަމަލެއް އެއްވެސް ސްޓާފެއްގެ ކިބައިން ގަބޫލު ނުކުރާނެ ކަމަށާއި އެކަމާއި ގުޅިގެން ހަރުކަށި ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލު ކުރި މެޗަށްފަހު ޖޭމީ އެނބުރި ގެޔަށް ދިޔަ މަގުމަތީގައި ޓްރެފިކްގައި މަޑުކޮށްފައި އޮތް ވަގުތު މެންޗެސްޓާ ޔުނައިޓެޑަށް ސަޕޯޓުކުރާ މީހަކު ޖޭމީއަށް “ޓޫވަން ޓޫވަން އަންލަކީ ޖޭމީ ލެޑް” މިހެން ގޮވުމުން އައި ރުޅީގައި ކާރު ދުއްވަމުން ޖޭމީ ވަނީ އަނެއް ކާރުގައި އިން ކުޑަ އަންހެން ކުއްޖާގެ މޫނަށް ކުޅު ޖަހާފައެވެ.

މިހާދިސާއަށް ފަހު ޖޭމީ ބުނީ”އަހަރެން އެ އާއިލާ އާއި ވާހަކަ ދައްކާ މާފަށް އެދޭނެ ކަމަށާއި އެކަމާއި ހިތާމަ ކުރާކަމަށެވެ.

“އަހަރެން އެއްވެސް ގޮތަކަށް ކުއްޖާއެއް ނުދެކެން. އެކުއްޖާ ހުރީ ފަހަތުގައި ހުރި ގޮނޑިއަށް ލެގިގެން. ކުއްލިއަކަށް ތެދުވެ ބޯ ދޮރުން ބޭރުކުރީ.”އޭނާ ބުންޏެވެ.

ޖޭމީ އިތުރަށް ބުނީ މިކަމާއި އެންމެ ބޮޑަށް ދެރަވަނީ ކުޑަ އަންހެން ކުއްޖެއްގެ ގަޔަށް ކުޅު ދިއުމުންކަމަށެވެ.