English Edition
Dhivehi Edition

ދިވެހިންނަށް ޑޮކްޓަރުކަން ކިޔެވުމުގެ ފުރުޞަތު ލަންކާގެ ޑިފެންސް ޔުނިވާސިޓީއިން ފަހިކޮށްދެއްވައިއެވެ.

މި ފުރުޞަތު ފަހިކޮށްދެއްވި އެމްއޯޔޫގައި ސޮއި ކުރެވުނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ދިވެހި ސަރުކާރާއި ސްރީލަންކާގެ ކޮޓެލަވަލާ ޑިފެންސް ޔުނިވާސިޓީ (ކޭޑީޔޫ) އާއި ދެމެދު ސޮއި ކުރެވުނު އެމްއޯޔޫގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމްއެވެ. ކޭޑީޔޫގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރ ރެއަރ އެޑްމިރަލް ޖޭޖޭރަނަހިންހްއެވެ.

މި ތަމްރީނުތަކުގައި ދިވެހި ދަރިވަރުން ބައިވެރިވެ، ތައުލީމު ފުރިހަމަކޮށް އެނބުރި ރާއްޖެއައިސް ދިވެހިންނަށް ހިދުމަތް ކުރުން އެއީ ސަރުކާރަށް ލިބޭ އެންމެ ބޮޑު ހިތަހަމަޖެހުން ކަމަށް ޑރ.އައިޝަތު ޝީހާމް ވިދާޅުވިއެވެ.

ކޭޑީޔޫ އަކީ ދިވެހި ދަރިވަރުންގެ ތެރޭގައި މަޤްބޫލު ޔުނިވާސިޓީއެކެވެ. މި ޔުނިވާސިޓީއާއި ދިވެހި ސަރުކާރާއި ގާތް ގުޅުމެއް އަންނަނީ ބާއްވަމުންނެވެ. އެގޮތުން މިހާރުވެސް އެ ޔުނިވާސިޓީގައި ސަރުކާރުގެ ލޯނު ސްކީލްގެ ދަށުން 34 ދިވެހި ދަރިވަރަކު ކިޔަވަމުންދެއެވެ. އޭގެ ތެރޭގައި ބެޗެލަރ އޮފް ހިއުމަން ސައިންސް އެންޑް ސައިކޮލަޖީ ކިޔަވަމުންދާ ދަރިވަރަކު ވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.

މިނިސްޓަރު ވިދާޅުވީ މިއަދު ފަހިވެގެންދިޔަ ފުރުޞަތުތަކަކީ މެޑިސިންގެ ދާއިރާއަކީ މަތީ ތައުލީމު ހާސިލުކުރުމަށް ޖާގަ ހޯދަން ދަތި ދާއިރާއަކަށްވާތީވެ، ދެގައުމުގެ ސަރުކާރުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުން ފަހިވެގެންދިޔަ ފުރުޞަތުތަކެއް ކަމަށެވެ.

ސްރީލަންކާގެ ޑިފެންސް ޔުނިވާސިޓީ އާއި ދިވެހި ސަރުކާރާއި ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު، ކޮންމެ އަހަރަކު ދިވެހި 20 ދަރިވަރުންނަށް ކޭޑީޔޫ އިން ޑޮކްޓަރުކަން ކިޔެވުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.