English Edition
Dhivehi Edition

ނާދިރު ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ ކަމަށް އިންޑިއާގެ އެކްޓަރު އިރްފާން ހާން އިއުލާން ކުރުމުން އޭނާގެ ފޭނުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެ ކަންބޮޑުވެފައެވެ. އޭނާ ފަރުވާ ހޯދަނީ ކޮން ބައްޔަކަށްކަން ނޭނގޭތީ އެކަމާ ގިނަބަޔަކު ވަނީ ހާސްކަމެއްގެ ތެރޭގައެވެ. އިރުފާން މި މަހުގެ 5 ވަނަ ދުވަހު ޓްވިޓާގައި ހިއްސާ ކުރި ވާހަކަތަކަށް ބަލާ އިރު، އޭނާގެ ބައްޔަކީ ބޮޑު ބައްޔެކެވެ. އުމުރުން 51 އަހަރުގެ އެކްޓަރު ޓްވިޓާގައި ކުރި އިުލާނުގައި ބުނި ގޮތުގައި ލަސްތަކެއް ނުވެ، އެއީ ކޮން ބައްޔެއްކަން ފޭނުންނާ ހިއްސާ ކުރާނެ އެވެ

ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިރްފާނަށް ޖެހިފައި ވަނީ ސިކުނޑީގެ ކެންސަރެވެ.

ފަރުވާ އަށް އެމެރިކާ އަށް ފުރުމުގެ ތައްޔާރީތައް މިހާރުވަމުން ދާއިރު އޭނާ ހުރީ ނުރައްކާތެރި ސްޓޭޖެއްގައި ކަމަށް ވެސް މީޑިއާ ރިޕޯޓް ތައްބުނެއެވެ.

އިރްފާންގެ އަންހެނުން ސުތާޕާ ސިކްދާރް މިހާރު ވަނީ ކޮންމެވެސް ވަރަަކަށް އިރުފާންގެ ބަލިހާލަތާ ބެހޭގޮތުން ވާހަކަ ދައްކާ ފައެވެ

ފޭސްބުކްގައި އޭނާ އާންމު ކުރި ޕޯސްޓެއްގައި ބުނީ އިރްފާން އަންނަނީ ގަދަ ހިތްވަރާ އެކު، ހަނގުރާމައާ ކުރިމަތިިލަމުން ކަމަށެވެ. އަދި މުޅި އާއިލާ ވެސް ތިބީ އިރްފާނާ އެކުގައި ކަމަށް އެ ޕޯސްޓްގައި ބުނެފައިވެ

ސަތުޕާ ލިޔުނު ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ،” އިރްފާން އަކީ ހަގުރާމަ “ވެރިއެއް” ކަމަށެވެ. އޭނާދަނީ މިހަރު ގަދަ ހިތް ވަރާ އެކު ހަނގުރާ މަ ކުރަމުނެނެވެ. އިރްފާންގެ ހާލަތާ ބެހޭ ގޮތުން ގުޅައި، މެސެޖް ކުރާ މީހުންނަށް ޖަވާބު ނުދެވޭތީ މާފަށް އެދެން. އަހަރެން ވަރަށް އުފާކުރަން ތިޔަ ހުރިހާ އެންމެންގެ ހެޔޮދުއާ އަހަރެމެންނާ އެކު ވާ ތީ’ އެކަމަށް ޝުކުރުވެރިވަން،އަހަރެން ހެއްދެވިފަރާތަށް އަދި ފިރިމީހާ އަށް ޝުކުރު އަދާ ކުރަން އަހަރެން ވެސް ހަނގުރާމަ އިގެ ބައިވެރި އަކަށް މިއަދު ވެފައި ވާތީ” . ދިރި އުޅުމުގައި ދިމާވެފައިވާ ކަންތަކާ ދޭތެރޭގައި ވިސްނާ، ކާމިޔާބު ކޮށްދިނުމަށް އެދި ފައި އެޕޯސްޓްގައި ސަތުޕާ ލިޔެފައި ވެއެވެ. މީގެ އިތުރަށް “ހުރިހާއެން މެނަށް ހިތުގެ އަޑިން ޝުކުރު އަދާކުރަން” އެޕޯސްޓް ގައި ސަތުޕާ ލިޔެފަި ވެއެވެ.

އިރްފާން ސޮއިކޮށްފައިވާ ވިޝާލް ބަރަދްވާޖްގެ އާ ފިލްމްގެ މަސައްކަތް ފެށުން ވެސް މިހާރު ވަނީ ބައްޔާ ގުޅިގެން ފަސްކޮށްފަ އެވެ.

މަޝްހޫރު އެތައް ފިލްމެއް ކުޅެފައިވާ އިރުފާން ޚާންގެ ފިލްމް “ބްލެކްމެއިލް” އޭޕްރީލް 6 ވަނަ ދުވަހު ރިލީޒް ކުރުމުގެ މަސައްކަތް ދަނީ މިހާރު ކުރަމުންނެވެ.