English Edition
Dhivehi Edition

އައްޑޫސިޓީ ހުޅުދުއާއި މީދޫއިން ނަރުދަމާގެ ޚިދުމަތް ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވައިލައްވައިފިއެވެ. ހައުސިން މިނިސްޓްރީން ކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ އެދެރަށުން ނަރުދަމާގެ ޚިދުމަތަށް ބޭނުންވާ މީހުން ޖުލައި 5 އިން ފެށިގެން އޮގަސްޓް 15 ނިޔަލަށް އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ މުއްދަތުގައި ޚިދުމަތަށްއެދި ހުށަހަޅާ މީހުގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ނުވަތަ ގޭގެއަށް، ހިލޭ ޖަންކްޝަން ހޮޅި ގުޅައިދެއްވާނެ ކަމަށްވެސް އެ އިޢުލާނުގައި ވިދާޅުވެފައިވެއެވެ. އެ މުއްދަތު ފާއިތުވުމަށްފަހު ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކަށް ހޮޅި ގުޅައިދެއްވާނީ އެރަށެއްގައި އެޚިދުމަތް ދިނުމަށް ކަނޑައެޅިފައިވާ ޔުޓިލިޓީ ކުންފުނިން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށްވެސް އެ އިޢުލާނުގައި ވިދާޅުވެފައިވެއެވެ. މި ޚިދުމަތަށްއެދި ހުށަހަޅަންޖެހޭ ފޯމް ދޫކުރުމާއި ފޯމް ބަލައިގަންނާނީ ހުޅުދޫގައި ހުންނަ ލޭންޑް ބިލްޑިން އެންޑް މުނިސިޕަލް ސާވިސަސް ޑިޕާޓްމަންޓުންނާއި، ސިއެރާ ކޮންސްޓްރަކްޝަން ހުޅުމީދޫ ސައިޓް އޮފީހުންނެވެ. ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނެއެވެ.

ޓެގު