English Edition
Dhivehi Edition

މީދޫ ޒުވާނުން އިސްނަގައިގެން މީދޫ ފުޓްސެލް ދަނޑުގައި ކުރިއަށްދާ “ކައިށާ ފެޑުން3” ގެ ރޭގެ މެޗުގައި އެފްސީ ޑްރިބުލް އާއި އެފްސީ ވައި ނޮޓް ފިޓް ބައްދަލުކުރި މެޗު 1 ލަނޑު 1 ލަނޑުން އެއްވަރު ވެގެން ނިމިއްޖެއެވެ. ދެ ޓީމުގެ ފަރާތުންވެސް ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމުންވެސް ވަނީ ގިނަ ހަމަލާތައް ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. މި މެޗުގައި އެފްސީ ޑްރިބުލްގެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި މުބާރާތުގައި އެ ޓީމަށް ގިނަ ގޯލުތަކެއް ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާ ހަސަން މައުޝޫގު އެވެ. ވައި ނޮޓް ފިޓް މި މުބާރާތުގައި ޖެހި ހަމަ އެކަނި ލަނޑު ރޭގެ މެޗުގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ މުންގިޒުއެވެ. މި މުބާރާތުގައި 10 ޕޮއިންޓާއެކު އެފްސީ ޑްރިބުލް އެންމެ ކުރީގައި އޮށް އިރު ރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފަވަނީ އެ ޓީމުގެ ހަސަން މައުޝޫގުއެވެ. ރޭގެ މެޗު ފިޔަވައި ކުޅުނު ހުރިހާ މެޗަކުން ބަލިވެފައިވާ، ވައި ނޮޓް ފިޓް އަށް ލިބިފައިވަނީ އެއްމެ ޕޮއިންޓެކެވެ. ރޭ ކުޅުނު 3 ވަނަ މެޗުން އީސްޓެން ވޭރިއޯރް އާއި އެފްސީ ހިތްވަރު ބައްދަލުކުރި މެޗު 2ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްފައިވަނީ އީސްޓެން ވޭރިއޯރް އެވެ. މި މެޗުގައި އީސްޓެން ވޭރިއޯރްގެ ފަރްހާދު އާއި ޔޫސުފް ގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މި ދެ ކުޅުންތެރިންނެވެ. މި މެޗުގައި އެފްސީ ހިތްވަރުން ޖެހި ހަމަ އެކަނި ގޯލު ކާމިޔާބުކޮށް ދިނީ އަހްމަދު ސަބާހުއެވެ. ރޭ ސަބާހު ޖެހި ގޯލާއެކު މިހާތަނަށް ކުޅުނު ހުރިހާ މަޗެއްގެ ނަތީޖާއަށް ބަލާއިރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ސަބާހުއެވެ. މި މުބާރާތުގައި ސަބާހު ވަނީ އެ ޓީމަށް ފަސް ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފަރުހާދުއެވެ.