English Edition
Dhivehi Edition

ރަސްރަނި ބަގީޗާގައި ތަރައްޤީ ކުރާ “ވިންޓާ ކޯނާ” އަންނަ ރަމަޟާން މަހުގެ ކުރިން ނިންމުމަށް އަމާޒު ކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

“ޕީއެސްއެމް” އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ވިންޓާ ކޯނާގައި މިހާރު ކުރަން ހުރި މަސައްކަތް 45 ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.

“ޔަގީން ކަމާއެކީއެއް ނޫން މިދަންނަވަނީ އެކަމަކު އަޅުގަނޑުމެންގެ ޓާގެޓަކީ މި ދެންނެވި ގޮތަށްދާ ކަމަށް ވަންޏާ، މޭ މަހުގެ މެދު ތެރޭގައި ރޯދަ މަހުގެ ކުރިން ނިމޭނެ ކަމަށް، ވަރަށް އުންމީދު ކުރަން ރޯދަ މަހަގެ ކުރިން ނިމޭނެ ކަމަށް،” މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

“އެތަނުގެ ތެރޭގައި ފިނި މޫސުން ތަޖުރިބާ ކޮށްލެވޭ ގޮތަށް ފިނިމިން ހުންނާނެ، ސްނޯ އުފައްދާ މެޝިނަކާއި އައިސް ސްކޭޓު ކުރާ ތަނެއް ވެސް ހުންނާނެ، އެފަދަ ތަނެއް މާލޭގައި ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީ ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ، ލަސްވަމުން އަންނަނީ ޓެސްޓުތައް ހަދާ، ރާއްޖެއަށް ހާއްސަކޮށް އެފަދަ ތަނެއް ހެދުމަށް މަސައްކަތް ކުރަމުން އަންނާތީ،” މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިއަހަރު ރަމަޟާން މަސް ފެށޭނީ މެއި މަހުގެ 15 ވަނަ ދުވަހު އެވެ.