English Edition
Dhivehi Edition

ފްލެޓުދޭނެ ކަމަށްބުނެ ހައުސިން މިނިސްޓްރީގެ ނަމުގައި އާންމުންގެ އަތުން ފައިސާނަގައި، ފްލެޓުގެ ސައްހަނޫން ރަޖިސްޓްރީ ހައްދާ މައްސަލައެއް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލަމުންދާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިިފަދަ އަމަލުތަކަކީ ރައްޔިތުންގެ ހައްގުތަކާ ވަރަށް ބޮޑަށް ގުޅިފައިވާކަމެއްކަމަށެވެ.

އަދި މިއީ މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ފަރުނުޖެއްސޭނެ ގެއްލުންވާނެކަމަކަށްވާތީ، މިފަދަ ކަންތަކުގައި ބައިވެރި ނުވުމަށާއި، މިފަދަ ކަންތަކަށް ސަމާލުވުމަށް އިލްތިމާސްކުރާކަމަށް ހައުސިންގެ ބަޔާނުގައި ވެއެވެ.

އެ މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ މަޝްރޫއުތަކުގެ ދަށުން އެ މިނިސްޓްރީން ފްލެޓު ދޫކުރަނީ އެކަމަށް ކަނޑައަޅާފައިވާ ގަވައިދުތަކާއި އުސޫލުތަކުގެ ދަށުން ކަމަށެވެ. އަދި މިނިސްޓްރީއިން ކަނޑަ އަޅާފައިވާ އުސޫލާއި ހިލާފަށް ފްލެޓު ދޫނުކުރާނެ ކަމަށްވެސް ހައުސިންގެ ބަޔާނުގައި ވެއެވެ.