English Edition
Dhivehi Edition

އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން، އައްޑޫ ސިޓީގެ އަންހެން ބޭފުޅުންނަށް އަމާޒު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ތުއްތު ކުދިންގެ ހެދުންސެޓް ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރި ވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ

މިފުރުޞަތު ހުޅުވާލީ އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިޢުލާނެއްގައެވެ. އައްޑޫ ސިޓީގައި ހިންގާ މި ކޯހަށް ކޮންމެ ދާއިރާއަކަށް 05 ފުރުޞަތު ދިނުމަށް ހަމަޖެހިފައިވެއެވެ. ކޯހުގެ ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި -/500 ރުފިޔާ ނަގަން ވަނީ ހަމަޖެހިފައެވެ

މި ކޯހުގައި ބައިވެރިވުމުގެ ފޯމް 11 މާރިޗު 2018 ވާ އާދީއްތަ ދުވަހު ހެނދުނު 11:30 އިން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އޮފީހުން ލިބެން ހުންނާނެއެވެ

މި ކޯހަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މާރިޗު 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން އައި.ޑީ.ކާޑުގެ ކޮޕީއާއިއެކު ފޯމު ހުށަހަޅަން ޖެހޭ ކަމަށް އިޢުލާނުގައި ވެއެވެ