English Edition
Dhivehi Edition

މަޓާޓޯ އާއި ހައިރަޒު ގުޅިގެން ބާއްވާ “މޯލްޑިވްސް ޝޯކޭސް” ގެ ފުރަތަމަ ފެއާ މިއަހަރުގެ ޖުލައި މަހު ސްރީލަންކާގެ ކޮލަމްބޯގައި ބާއްވާނެކަމަށް އިއުލާންކޮށްފިއެވެ.

ރާއްޖޭގެ އިވެންޓްސް މެނޭޖްމެންޓް ކުންފުނި ހައިރައިޒާއި، ޓްރެވަލް އޭޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާ މަޓާޓޯ ގުޅިގެން ކުރިއަށް ގެންދާ “މޯލްޑިވްސް ޝޯކޭސް” އިވެންޓަކީ ދިވެހިރާއްޖޭގެ އިގްތިސާދީ އެކި ދާއިރާތައް އިސްތިހާރުކުރުމަށްޓަކައި ބާއްވާ އިވެންޓެކެވެ.

“މޯލްޑިވްސް ޝޯކޭސް”ގެ ފުރަތަމަ ފެއާ ބާއްވާނީ މިއަހަރުގެ ޖުލައި މަހުގެ 26 އަދި 27 ވަނަ ދުވަހު، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ތާޖު ސަމުދްރާ ހޮޓެލްގައެވެ.

ހައިރައިޒުން ބުނެފައިވަނީ “މޯލްޑިވްސް ޝޯކޭސް” މެދުވެރިކޮށް އިސްތިހާރުކުރާނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ވިޔަފާރިއާއި، ހުނަރާއި ރަހަތައް ކަމަށެވެ.

މި އިވެންޓް ސްޕޮންސާކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މޯލްޑިވްސް ޝޯކޭސްއަށް އެއް މެއިން ސްޕޮންސަރާއި ދެ ކޯ ސްޕޮންސަރުން ހޮވާނެކަމަށް ހައިރައިޒުން ބުނެއެވެ.

މި ޝޯކޭސްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިހާރު ވަނީ އެފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް ހައިރައިޒުން ބުނެއެވެ. ޝައުގުވެރިވާ ވިޔަފާރިތަކާއި ފަރާތްތަކުން 7980088 ނަމްބަރަށް ގުޅައި، ނުވަތަ[email protected] އަށް އީމެއިލްކޮށްގެން މައުލޫމާތު ސާފުކުރުމަށް ހައިރައިޒުން އެދެއެވެ.