English Edition
Dhivehi Edition

އިޓާލިއަން ލީގުގެ ފިއޮރެންޓީނާގެ ކެޕްޓަން އަދި އިޓަލީ ގައުމީ ޓީމްގެ ފަސް ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަމުންދިޔަ ޑޭވިޑޭ އެސްޓޯރީގެ ހަނދާނުގައި ޗެމްޕިއަންސް ލީގު އަދި ޔުރޮޕާ ލީގުގައި މިހަފްތާގައި ކުޅޭ ހުރިހާ މެޗެއްގައި 1 މިނެޓްގެ ސުކޫތެއް ގެންނަ ގޮތަށް ނިންމައިފިއެވެ.

އެސްޓޯރީ މަރުވެފައި ވަނީ މިހަފްތާގައި އިޓާލިއަން ލީގުގައި އުދައިނީސް އާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ކޭމްޕް ކޮށްގެން ތިބި ހޮޓަލުގައި ނިދާފައިއޮތްވައެވެ. މިމަރާއި އެކު އިޓަލީގެ އޭ ލީގްގައި ކުޅެން ހަމަޖެހިފައިވާ ހުރިހާ މެޗެއް ވަނީ ކެންސަލް ކޮށްފައެވެ.

އުމުރުން 31 އަހަރުގައި އެސްޓޯރީ މަރުވެފައިވާއިރު އޭނާގެ އަންބަކާއި 10 ދުވަސް ނުފުރޭ ކުޑަ ކުއްޖަކު ދުނިޔޭގައި އެބަހުއްޓެވެ.

އިޓަލީގެ ފުރަތަމަ ޑިވިޝަން ކްލަބުތައް ކަމަށްވާ އޭސީ މިލާނާއި ކަގިލިއޭރީ އަދި ރޯމާއަށްވެސް ކުރިން ކުޅެފައިވާ ޑިފެންޑަރު އެސްޓޯރީ ފިއޮރެންޓީނާއާއި 2016 ވަނަ އަހަރު ގުޅިފައިވާއިރު އެޓީމާއެކު މޮޅު ކުޅުމެއް ދައްކަމުންދާ އެސްޓޯރީވަނީ މި ސީޒަންގައިވެސް ފިއޮރެންޓީނާއަށް 28 މެޗު ކުޅެފައެވެ.