English Edition
Dhivehi Edition

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މިއަދު މި އިސްލާޙުގެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. މިއީ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގައި ޢަމަލުކުރާ އިޖުރާޢާތުތަކަށް ބަދަލު ގެނައުމަށް ހުށަހަޅާ ބިލެކެވެ.

ޢަބްދުއްރަޙީމް މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ ބައެއް މާއްދާތަކަށް ބައެއް ބަދަލު ގެންނަން އޭނާ ހުށަހަޅާފައިވާ ކަމަށެވެ. އެހެންނަމަވެސް އިޞްލާޙް ގެންނަން ހުށަހެޅީ ކޮން މާއްދާއެއް ކަމެއް ވިދާޅެއް ނުވެއެވެ.

ޤާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަޤާމުން ވަކިކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތިންބައިކުޅު ދެބައި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.