English Edition
Dhivehi Edition

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މަސައްކަތްތައް، އެތަނުގެ މުވައްޒަފުންނާ އެކު، ހައުސިން މިނިސްޓްރީގެ، ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފި އެވެ

އޭަައޯ” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ މަހުން ފެށިގެން، އެމްއާރުޑީސީގެ ބިޒުނަސް ޑިވެލޮޕްމެންޓް ފިޔަވާ އެހެން ހުރިހާ ޑިޕާޓްމަންޓެއްގެ މުވައްޒަފުންނާއި މަސައްކަތްތައް ވަނީ ޕަބްލިކް ވޯކްސް ސާވިސަސްގެ ދަށަށް ބަދަލުކޮށްފަ އެވެ

ޓްރެކް ދަނޑު ކައިރީގައި ހުންނަ އެމްއާރުޑީސީގެ ސައިޓު ވެސް މިހާރު ވަނީ ޕަބްލިކް ވޯކްސް ސާވިސްގެ ދަށަށް ގެންގޮސްފަ އެވެ. އެގޮތުން އެތަނުގައި ވަނީ އެ ޑިޕާޓްމަންޓްގެ ނަން ބޯޑު ވެސް ހަރުކޮށްފަ އެވެ

ރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ އިތުރުން ފުޓްބޯޅަ ދަނޑާއި ނަރުދަމާ އެޅުމުގެ މަސައްކަތް ވެސް ކުރަމުން ދިޔަ އެމްއާރުޑީސީ އުވާލަން އެކުންފުނީގެ ބޯޑުގައި ކުރިން ވަނީ މަޝްވަރާކޮށްފަ އެވެ

އެމްއާރު ޑީސީ އަކީ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މެނޭޖިން ޑިރެކްޓަރުން އައްޔަންކުރި ކުންފުންޏެވެ. މިހާތަނަށް އެ ކުންފުނީގައި ފަސް މެނޭޖިން ޑިރެކްޓަރުން މަސައްކަތްކޮށްފައިވެ އެވެ