English Edition
Dhivehi Edition

އިޓާލިއަން ލީގުގެ ފިއޮރެންޓީނާގެ ކެޕްޓަން އަދި އިޓަލީ ގައުމީ ޓީމްގައި މުހިންމު ދައުރެއް އަދާ ކުރާ ޑޭވިޑޭ އެސްޓޯރީ މިއަދު ހެނދުނު ނިދާފައި އޮތްވައި ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އެސްޓޯރީ މަރުވެފައި ވަނީ މިއަދު ލީގްގައި އުދައިނީސް އާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ކޭމްޕް ކޮށްގެން ތިބި ހޮޓަލުގައި ނިދާފައިއޮތްވައެވެ.

އެސްޓޯރީ މަރުވުމާއި ގުޅިގެން މިއަދު އިޓަލީގެ އޭ ލީގްގައި ކުޅެން ހަމަޖެހިފައިވާ ހުރިހާ މެޗެއް ވަނީ ކެންސަލް ކޮށްފައި ވާއިރު އޭނާ އަށް ދަރިއަކު ލިބުނީ މިދިޔަ ހަފްތާގައެވެ.

ކެޕްޓަން އަސްޓޯރީގެ މަރާއެކު ފިއޮރެންޓީނާއަށް ގެނުވީ ޝޮކެއް. މި ނާޒުކު އަދި އުނދަގޫ ހާލަތުގައި އެސްޓޯރީގެ އާއިލާއާއެކު ކްލަބު ވަން. އަދި އެސްޓޯރީގެ މައުލޫމާތުތައް ފަތުރާއިރު ހުރިހާ މީޑިއާއަކުންވެސް ހާލަތާ ނުބައްދަލު ގޮތްގޮތަށް މައުލޫމާތު ނުފެތުރުން ވަރަށް ބޮޑަށް އެދޭކަމަށް،” ކްލަބުގެ ސްޓޭޓުމަންޓުގައިވެއެވެ

އެސްޓޯރީގެ މަރާއި ގުޅިގެން އިޓަލީ އާއި ދުނިޔޭގެ އެހެން ގައުމުތަކުގެ ޓީމްތަކުން ވެސް ގެންދަނީ ހިތާމަފާޅުކޮށް ބަޔާންތައް ނެރެމުންނެވެ.

އެސްޓޯރީ ކުޅެން ފެށީ އޭސީ މިލާނުގެ ޔޫތު އެކަޑަމީ އިންނެވެ. އެ ކްލަބުގެ ޔޫތު ޓީމަށް 2001-2006 އަށް ކުޅުމަށް ފަހު އޭނާ އޭސީ މިލާންގެ ސީނިއާ ޓީމަށް ކުޅެފައި ވަނީ 2006 އިން 2008 އަށެވެ.

އިޓަލީގެ ފުރަތަަމަ ޑިވިޝަން ކްލަބުތަށް ކަމަށްވާ އޭސީ މިލާނާއި ކަގިލިއޭރީ އަދި ރޯމާއަށްވެސް ކުރިން ކުޅެފައިވާ ޑިފެންޑަރު އެސްޓޯރީ ފިއޮރެންޓީނާއާ ގުޅިފައިވަނީ 2016 ވަނަ އަހަރުގައެވެ. އެޓީމާއެކު މޮޅު ކުޅުމެއް ދައްކަމުންދާ އެސްޓޯރީވަނީ އިޓަލީގެ ގައުމީ ޓީމަށްވެސް 14 މެޗު ކުޅެދީފައެވެ. އެސްޓޯރީވަނީ މި ސީޒަންގައިވެސް ފިއޮރެންޓީނާއަށް 28 މެޗު ކުޅެފައެވެ.