English Edition
Dhivehi Edition

ގިނަ ފަހަރަށް ދަރިންނެކޭ އެއްގޮތަށް ފިރިންގެ ބެލެނިވެރިކަން ވެސް ތިމަންނަމެން އަދާ ކުރަން ޖެހޭ ކަމަށް ބައެއް އަންހެނުންނަށް ހީވެ، އެގޮތަށް ޢަމަލުތައް ބަހައްޓައެވެ. އޭގެ ސަބަބުން ފިރިން އަދާ ކުރަން ޖެހޭ ޒިންމާތައްވެސް އެމީހުން އަތުންނަގާ އަމިއްލަ ބޮލަށް ލެވޭ ތަން އާދެއެވެ. ނަތީޖާ އަކަށް ވަނީ ދިރިއުޅުމުގައި ބުރަވެ، ކުރަންޖެހޭ ކަންތައް ގިނަވެ، މީހާ މާޔޫސްވެ ނުތަނަވަސްވުމެވެ

ދިރާސާ އަކުން ދެއްކި ގޮތުގައި ޖުމްލަ ގޮތެއްގައި މަންމަމެން އެމީހުންގެ ނުތަނަވަސް ކަމުގެ ލެވެލް 10 އަން 8.5 ކަމަށް ބުނެފައިވެއެވެ. މީގެ މި ދިރާސާގައި ބައިވެރިވި 46 އިންސައްތަ އަންހެނުން ވަނީ އެމީހުންގެ ދަރިންނަށް ވުރެ ބޮޑަށް ފިރިންގެ ފަރާތުން އެމީހުންނަށް ނުތަނަވަސްކަން ލިބޭ ކަމަށެވެ. ދިރާސާއިން ދެއްކި ގޮތުގައި

-ކޮންމެ 4 މަންމައިންގެ ތެރެއިން 3 އަންހެނުން ދަރިން ބެލެހެއްޓުމުގެ އިތުރުން ގޭތެރޭގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރަނީ އަމިއްލައަށެވެ.

-ކޮންމެ 5 މަންމައިންގެ ތެރެއިން 1 އަންހެނަކު ނުތަނަވަސް ވާން ދިމާވަނީ އެމީހުންގެ ފިރިންގެ ފަރާތުން ކަންތަކުގައި އެއްބާރުލުން ނުލިބުމެވެ

-ގިނަ މަންމައިން ބުނެފައި ވަނީ އެމީހުންގެ ނުތަނަވަސްކަން ބޮޑުވުމުގެ އަސްލަކީ ލިބޭ ވަގުތުގައި ކުރަން ހުންނަ ކަންތައް ގިނަ ވެފައި އެކަންތައް ނުކުރެވުމެވެ

މީގެ އިތުރުން ޔުނިވާސިޓީ އޮފް ޕެޑޯވާއިން މި ދިރާސާ ކުރި ފަރާތްތަކުގެ ހޯދުން ތަކުން ދައްކާ ގޮތުން އަނބިމީހާ މަރުވެއްޖެ ނަމަ ފިރިމީހާގެ ސިއްޙީ ހާލަތު ދަށަށް ގޮސް އޭނަ ބަލިކަށިވެއެވެ. އެއާއި ޚިލާފަށް ފިރިމީހާ މަރުވެއްޖެ ނަމަ އަންހެނުންގެ ޞިއްޙަތު އިތުރަށް ރަނގަޅުވެ، ނުތަނަވަސްކަން ފިލާ އެފަދަ ކަންތަކުން އޭނާއަށް އަރައިގަނެވޭލެއް އަވަހެވެ